
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް
ބާރެއް އޮތުމަކީ އެ ބާރެއް ބޭނުންކުރަންޖެހޭ ސަބަބެއް ނޫން: ރައީސް މުއިއްޒު

މުޙައްމަދު ފަޟްލޫން - 23 މާރިޗު 2026 - 15:08
ބާރެއް އޮތުމަކީ އެ ބާރެއް ބޭނުންކުރަންޖެހޭ ސަބަބެއް ނޫން ކަމަށާއި ބާރެއް އޮތުމުން އެ ބާރެއް ބޭނުންކުރަން ވާނީ ޒިންމާދާރު ކަމާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގާނޫނުގައި ފިޔަވަޅު އެޅޭ ބާރު އޮތް ނަމަވެސް ކައުންސިލްތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެންމެންގެ މެދުގައި ވާހަކަދެކެވިގެން ސިޔާސީ ވިސްނުން ނުވައްދައި މަސައްކަތް ކުރާ ކަމަށްވަނީ ނަމަ ރައްޔިތުންނަށް އެއްވެސް ދައްޗެއް ނުވާނެ ކަމަށެވެ. އެހެންނަމަވެސް ގިނަ ފަހަރަށް ވާގޮތަކީ ސިޔާސީ ވިސްނުން އިސްކުރެވިގެން، ރައްޔިތުންނަށް އަންނަންހުރި ކުރިއެރުންތަކަށް ހުރަސްތައް ކުރިމަތިވަނީ ކަމަށާއި އެއީ ރައްޔިތުންނަށް ތަހައްމަލު ކުރެވޭނެ ކަމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އެމަނިކުފާނު ރައްޔިތުންނަށް ވަޢުދުތައް ވެވަޑައިގެންފައިވަނީ އެކަންކަން ކޮށްދިނުމުގެ ނިޔަތުގައިކަން ފާހަގަކުރެއްވިއެވެ.
އަދި އެކަންކަން ކުރެވޭނީ ލޯކަލް ކައުންސިލްތަކުގެ އެހީތެރިކަމާއިއެކުގައި ކަމަށާއި އެމަނިކުފާނު ބޭނުންފުޅުވަނީ ލާމަރުކަޒީ އުސޫލުގެ ތެރެއިން ކަންކަން ކުރައްވަން ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކައުންސިލްތައް އޮތީ ވެރިކަންކުރާ ބާރުގެ ތެރޭގައި ސަރުކާރަށް އެހީތެރިކަން ދިނުމަށްޓަކައިކަމުގައި ވިދާޅުވިއެވެ.
ގާނޫނުގައި އެކަން އަދިވެސް އޮތީ އެގޮތަށް ކަމަށާއި ލާމަރުކަޒީ ގާނޫނުގައި އޮންނަނީ ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫޢުތަކަށް، ސަރުކާރުން ތަންފީޒުކުރަން ބޭނުންވާ ސިޔާސަތުތަކަށް ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭނެކަމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މުޅި ރާއްޖޭގެ ރައްޔިތުންގެ މެޖޯރިޓީން ރައީސުލްޖުމްހޫރިއްޔާއަކު ހޮވާފައި، ސަރުކާރެއް ހިންގަން ޙަވާލުކުރަނީ ޤާނޫނު އަސާސީގައިވާ ހަމަތަކުގެ މަތީން ކަމަށާއި ޙަވާލުކުރީމާ ވެރިކަންކުރާ ބާރުގެ ތެރޭގައި ހިމެނޭ ބަޔަކުވިއްޔާ އެ ރައީސުލްޖުމްހޫރިއްޔާ އަކަށް އެއްބާރުލުން ދެއްވަން ޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އަސްލު ޓީވީން ގެނެސްދިން ރަމަޝާން 30 ގެ ނަސީބުވެރިން ހޮވައިފި
މިނިޓެއް ކުރިން

އުސްފަސްގަނޑުގައި ތަރައްގީކުރާ ސްކޭޓްޕާކް އަންނަ މަހު ހުޅުވާލަނީ
22 މިނިޓު ކުރިން

މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ޒުވާނަކު ހައްޔަރުކޮށްފި
ގަޑިއިރެއް ކުރިން

ސަރުކާރުގެ ޓެކްސީ ލައިންގެ ނަމްބަރަކީ 1655
4 ގަޑިއިރު ކުރިން


.gif&w=3840&q=75)