
އިންޑިޔާއިން ތެޔޮ ގަތުން ހުއްޓާލިކަން އަންގާފައެއް ނުވޭ: ޕުޓިން

ރިޟްވާން މޫސާ - 04 ފެބްރުއަރީ 2026 - 04:45
ރަޝިޔާ އިން އިންޑިޔާ އަށް ވިއްކަމުން އަންނަ ތެޔޮ ގަތުން އިންޑިޔާއިން ހުއްޓާލާފައިވާ ކަން އެނިގައި ނުވާ ކަމަށް ރަޝިޔާއިން ބުނެފި އެވެ
އިންޑިޔާ އާއި އެމެރިކާއިން ވެވުނު ވިޔަފާރީގެ އެއްބަސް ވުމުގެ ދަށުން ރަޝިޔާއިން އިންޑިޔާ އަށް ވިއްކަމުން އަންނަ ތެޔޮ އިންޑިޔާއިން ގަތުން ހުއްޓާލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް ވަނީ ބުނެފަ އެވެ.
މި ކަމާއި ގުޅިގެން އިންޑިޔާގެ އެއްވެސް އިދާރާ އަކުން ތެޔޮ ގަތުން އިންޑިޔާއިން ހުއްޓާލާފައިވާ ކަމަށް އެނގިފައި ނުވާ ކަމަށް ރަޝިޔާ އިން ވަނީ ބުނެފަ އެވެ.
ރަޝިޔާ އާއި އެމެރިކާގެ ދާޙިލީ ހަމަނުޖެހުން ބޮޑުވެފައިވާއިރު އެމެރިކާ އިން ދަނީ ރަޝިޔާ އަށް އެކި ގޮތްގޮތުން ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅަމުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވަނީ އިންޑިއާއާއެކު ވިޔަފާރީގެ އާ އެއްބަސްވުމެއް ގާއިމުކުރެވިފައިވާކަން އިއުލާން ކޮށްފައެވެ.
ޓްރަމްޕް ބުނާ ގޮތުގައި، އިންޑިއާގެ މުދަލުން ނަގާ ޓެރިފް %50 އިން %18 އަށް ކުޑަކުރުމަށް އެމެރިކާއިން އެއްބަސްވީ، ރަޝިއާގެ ތެޔޮ ގަތުން އިންޑިއާއިން ހުއްޓާލުމަށް އެއްބަސްވުމުންނެވެ.
ރަޝިޔާ އާއި އެމެރިކާގެ މަޝްރަހު ފިނިކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ސުލްހަ ގާއިކުރަން މަސައްކަތް ކުރުމުގެ ގޮތުން މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަން ނިންމާފައިވާ ކަމަށް ދެ ގައުމުންވެސް ވަނީ ހާމަކޮށްފަ އެވެ.






