logo

ދެ މަތިންދާބޯޓުގެ ފިޔަގަނޑު ޖެހިގެން ގެއްލުންވެއްޖެ

profile

ރިޟްވާން މޫސާ - 04 ފެބްރުއަރީ 2026 - 04:45

އިންޑިއާގެ މުމްބާއީގެ ޗަތުރަޕަތީ ޝިވާޖީ މަހާރާޖް އިންޓަނޭޝަނަލް އެއާޕޯޓުގައި އެއާ އިންޑިއާގެ މަތިންދާބޯޓަކާއި އިންޑިގޯގެ މަތިންދާބޯޓެއް ޓެކްސީ ކުރަން އުޅުމުގެ ތެރޭގައި ފިޔަގަނޑުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ

https://wamco.com.mv/

މި ހާދިސާ ހިނގި އިރު ދެ މަތިންދާބޯޓުގައިވެސް ފަސިންޖަރުން ތިއްބެވެ. ނަމަވެސް މިހާދިސާގައި އެއްވެސް ފަސިންޖަރަކަށް އަނިޔާވެފައެއް ނުވެ އެވެ.

އިއްޔެ ހިނގި މި ހާދިސާ އާއި ބެހޭގޮތުން އެއާ އިންޑިޔާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މުމްބާއީން ކޮއިމްބަތޫރަށް ދަތުރު ކުރަމުން ދިޔަ ފްލައިޓް އޭއައި 2732 ފްލައިޓް ފުރަން ތައްޔާރުވަމުން ދަނިކޮށް، ކުރިން ޓެކްސީވޭގައި މަޑުކޮށްލައިގެން އޮތް އެހެން އެއާލައިނެއްގެ މަތިންދާބޯޓެއްގެ ފިޔަގަނޑުގައި ޖެހިގެން ކަމަށެވެ.

ޓެކްނިކަލް އިންސްޕެކްޝަންތަކަށް މަތިންދާބޯޓު މިހާރު ވަނީ ގްރައުންޑް ކޮށްފައެވެ.

މި އީ ވަރަށް މަދުން ނޫނީ ނުހިނގާފަދަ ހާދިސާއެކެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay