
ސީއެޗްއެސްސީގައި 7 ބުރީގެ އާއިމާރާތެއް އަޅަން ހަވާލުކޮށްފި

ރިޟްވާން މޫސާ - 04 ފެބްރުއަރީ 2026 - 13:24
މާލޭ ސީއެޗްއެސްސީގައި 7 ބުރީގެ އާއިމާރާތެއް އަޅަން ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ އަމިއްލަ ކުންފުންޏެއްކަމަށްވާ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މި އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ. ޔެސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އަހުލާމް ރުޝްދީއެވެ.
އާ އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ މާލޭގައި ހުންނަ ސީއެޗްއެސްސީ ހިންގާ ބިމުގައި އޮތް ހުސް ޖާގައިގައެވެ. މި އެއްބަސްވުމުގެ ދަށުން އަޅާ އިމާތާތުގައި 15 ކްލާސްރޫމާއި 4 ސައިންސް ލެބާއި ސްޓާފް ރޫމަކާއި ލީޑިން ޓީޗަރުންނަށް ހާއްސަ ރޫމަކާއި އެޑްމިން އޮފީހެއް ހިމެނެއެވެ.
މީގެއިތުރުން އެ އިމާރާތުގައި 3 ލިފްޓާއި ޕާކިން އޭރިއާވެސް ހަދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 51.6 މިލިޔަން ރުފިޔާއަށެވެ.
ގުޅުން ހުރި ޙަބަރުތައް

ލަންކާ އަށް ކުރިމަތިވި ތޫފާނުން ދިވެހިން ދެއްކީ ރީތި ނަމޫނާއެއް: ސަފީރު
5 ގަޑިއިރު ކުރިން

ސްރީލަންކާ އަކީ ދިވެހިންގެ ދެވަނަ "ގެ": ޑރ ހަލީލް
5 ގަޑިއިރު ކުރިން
.webp&w=3840&q=75)
މާލެ ސަރަހައްދުގައި ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި!
6 ގަޑިއިރު ކުރިން

ކ.ގުރައިދޫގައި މުޅިން އައު ސްކޫލެއް ތަރައްގީ ކުރަނީ
10 ގަޑިއިރު ކުރިން


