logo

ކ.ގުރައިދޫގައި މުޅިން އައު ސްކޫލެއް ތަރައްގީ ކުރަނީ

profile

ރިޟްވާން މޫސާ - 04 ފެބްރުއަރީ 2026 - 13:24

ކ.ގުރައިދޫގައި މުޅިން އައު ސްކޫލެއް ޢިމާރާތް ކުރުމާއެކު އިތުރު 28 ސްކޫލަކަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ ބޮޑު މަޝްރޫއެއް ސަރުކާރުން ފައްޓަވައިފިއެވެ.

https://wamco.com.mv/

މިމަޝްރޫޢުތައް ކުރިއަށްގެންދަނީ ސަރުކާރުގެ ބަޖެޓުން 576 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ކަމަށް ތަޢުލީމީ ވުޒާރާއިން މައުލޫމާތު ދެއްވަ އެވެ.

ތަޢުލީމީ ވުޒާރާގެ ފަރާތުން މިމަޝްރޫޢުގެ މަސައްކަތްތައް ޙަވާލުކޮށްފައިވަނީ، ފަހި ދިރިއުޅުން ކޯޕަރޭޝަނާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއެވެ.

ތަޢުލީމީ ވުޒާރާއިން ވިދާޅުވީ 115 ކްލާސްރޫމާއި، 19 މަލްޓިޕާރޕަސް ހޯލު ތަރައްޤީ ކުރުމާއި، ސްކޫލުތަކަށް ބޭނުންވާ އިތުރު ޢުމްރާނީ ވަޞީލަތްތަކުގެ ގޮތުގައި ހިމެނޭ 219 ފެސިލިޓީއެއް ޤާއިމުކުރުމަށް ޙަވާލުކޮށްފައިވާ ކަމަށެވެ.

ސްކޫލްތަކަށް ޢުމްރާނީގޮތުން ބޭނުންވާ ވަޞީލަތްތަކާއި، އެހެނިހެން ވަޞީލަތްތައް ހަމަކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތްތަކުގެ ދަށުން މިވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި 90 މިލިއަން ރުފިޔާގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay