
"މެރިން އެކްސްޕޯ 2026" މަސްވެރިންނަށް ހާއްސަ ޕްރޮމޯޝަން ތަކެއް ފަށައިފި

ރިޟްވާން މޫސާ - 05 ފެބްރުއަރީ 2026 - 15:52
މަސްވެރިންނަށް ހާއްސަ ޕްރޮމޯޝަންތަކެއް އެމްޓީސީސީން ފަށައިފި އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ހުޅުވާލާފައިވާ މެރިން އެކްސްޕޯ 2026 އާއި ގުޅޭގޮތުން އަސްލު ޓީވީ އަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ކަސްޓަމަރ ރިލޭޝަން ފައިހާ އަބުދުﷲ ވިދާޅުވީ ބޮޑު ކަންނެލީގެ ޔުނިއަންގައި ރަޖިސްޓަރ ވެފައިވާ މަސް ދޯނި ތަކަށް އެމްޓީސީސީގެ ޕްރޮޑަކްޓްތައް ބައްލަވައިގަންނަވާއިރު އެކިއެކި ޑިސްކައުންޓްތައް ލިބޭނެ ޕްރޮމޯޝަންތަކެއް ކަމަށެވެ.
އޭގެ ތެރޭގައި ޔަންމާ ސްޕެއެާޕާޓްސް އިން 10 ޕަސެންޓުގެ ޑިސްކައުންޓު އަދި ކާސްޓްރޯލްގެ ޕްރޮޑަކްޓުތަކުން 8 ޕަސެންޓުގެ ޑިސްކައުންޓް މަސްވެރިންނަށް ލިބޭނެ ކަމަށެވެ.
އެމްޓީސީސީން ބުނީ އަންނަ އާދީއްތަ ދުވަހު އެކުންފުނިން މަސްވެރިންނަށް ހާއްސަކޮށް އަލަށް ތައާރަފް ކުރާ ޕްރޮޑްކްޓެއް ކަމަށްވާ ކަށަވަރު ރެޒިންގެ ކުޑަ ޕްރިވިއުއެއް ނެރެންވެސް ހަމަޖެހިފައިވާ ކަމަށެވެ.
އެމްޓީސީސީ ކަށަވަރުން އަބަދުވެސް ޓާގެޓު ކުރަނީ ކަސްޓަމަރުންނަށް އާ ޕްރޮޑަކްޓްތަކެއް ގެނެސްދިނުމާއި، އާޙިދުމަތްތަކެއް ފޯރުކޮށޤދިނުމަށް ކަމަށެވެ.
ފައިހާ ވިދާޅުވީ މި އެކްސްޕޯގައި މި ތައާރަފްކުރި ޕްރޮޑަކްޓުތަކުގެ އިތުރުން މ ިއަހަރުގެ ތެރޭގައިވެސް އާޕްރޮޑްކްޓްތަކެއް ގެނައުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
ހުޅުމާލޭ ސެންޓްރަލް ހޮޓަލުގައި މި އެކްސްޕޯ ކުރިއަށްދަނީ 5 ފެބްރުއަރީން ފެށިގެން 8 ފެބުރުއަރީގެ ނިޔަލަށެވެ.
ބޮޑު ކަންނެލީގެ ޔުނިއަން އިން ބުނީ ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ގިނަ ވަގުތު ކަނޑުމަތީގައި ހޭދަކުރާ ފަރާތްތަކަކަށް ވުމުން މަސްވެރިންނަށް ބޭނުންވާ އެކިއެކި ސާމާނު ފަސޭހަކޮށް ހަމަޖައްސައިދިނުމުގެ މަސައްކަތް ކޮށްދިނުން ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގެ ގަޔަށް ބަޑިޖަހައި އަވަހާރަކޮށްލައިފި
12 ގަޑިއިރު ކުރިން

ޔޫކްރެއިން، ރަޝިޔާ އަދި އެމެރިކާގެ މަޝްވަރާތައް ފަށައިފި
12 ގަޑިއިރު ކުރިން

އިސްރާއީލްގެ ރައީސަށް މަރުގެ އިންޒާރު ދީފި!
12 ގަޑިއިރު ކުރިން

މިއަހަރު މިސްކިތްތައް މަރާމާތު ކުރަން 15 މިލިއަން ރުފިޔާ ޙަރަދު ކުރާނަން: ރައީސް
18 ގަޑިއިރު ކުރިން


