logo

2025 ވަނަ އަހަރުގެ ރެހެންދި އެވޯޑް 15 ފަރާތެއް ހާސިލްކޮށްފި

profile

އައިޝަތު އިނާޝާ - 15 ނޮވެމްބަރު 2025 - 18:15

އަންހެނުންގެ ކުރަމުންދާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދޭ "ރެހެންދި އެވޯޑް" 15 ފަރާތެއް ޙާސިލްކޮށްފިއެވެ.

https://wamco.com.mv/

ރެހެންދި އެވޯޑް ދިނުމަށް ހާއްސަކޮށްގެން މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.

މިއަހަރުގެ އެވޯޑް ޙަފްލާގައި ވަނީ 2024 އަދި 2025ވަނަ އަހަރުގެ ރެހެންދި އެވޯޑް ދީފައެވެ.

2025ވަނަ އަހަރު ރެހެންދި އެވޯޑް ލިބުނު ފަރާތްތައް:

• އާއިޝަތު ހުސައިން - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ

• ޘުރައްޔާ އިބްރާޙިމް - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ

• އާމިނަތު އާދަމް ކޮއި - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ

• އާމިނަތު ރީމާ ރަޝީދު - ލީޑަޝިޕް އަދި ގަވަނަންސްގެ ދާއިރާ

• ޑރ. ރުޚްޝާނާ އަޙްމަދު - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ

• ސަމީނާ އިބްރާޙީމް - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ

• ސަފާތު އަޙްމަދު ޒާހިރު - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ

• އައިޝަތު ވަހީދާ – އިޤްތިޞާދީގޮތުން ބާރުވެރިކުރުމުގެ ދާއިރާ

• އާމިނަތު ސޫޒަން – ލީޑަޝިޕް އަދި ގަވަނަންސްގެ ދާއިރާ

• ޒަހިއްޔާ މުޙައްމަދު – އާއްމުކޮށް އަންހެނުން ކޮށް ނޫޅޭ މަސައްކަތުގެ ދާއިރާ

undefined

2024ވަނަ އަހަރު ރެހެންދި އެވޯޑް ލިބުނު ފަރާތްތައް:

• އަލްއުސްތާޛާ މަރްޔަމް އިނާޝާ – އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ

• މަރްޔަމް މުރުޝިދާ - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ

• އަސްމާ ޙަސަން - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ

• ޢާއިޝަތު ޠާއިފާ - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ

• ވިމެން އެންހޭންސްމަންޓް (އެންޖީއޯ) - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ

މި ރަސްމިއްޔާތުގައި އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމާއި ދާއިރާގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay