
އައު ޓާމިނަލުން ޗައިނާ އީސްޓަންއަށް ހިދުމަތް ދޭން ފަށައިފި

މުޙައްމަދު ފަޟްލޫން - 11 ޑިސެމްބަރު 2025 - 05:27
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ޓާމިނަލް އިން ޗައިނާ އީސްޓަން އެއަރލައިން އަށް ހިދުމަތް ދޭން ފަށައިފިއެވެ.
އައު ޓާމިނަލް އިން ޗައިނާ އީސްޓަން އެއަރލައިންސް އަށް ހިދުމަތް ދޭން ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާއެވެ.
ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ޗައިނާ އީސްޓަން އެއަރލައިންސް އޮފީހުގެ ޖެނެރަލް މެނޭޖަރު ލީ ޖިއާ އާއި ވިލާ ޓްރެވަލްސްގެ ސްޓޭޝަން މެނޭޖަރު މުހައްމަދު ފަޔާޒް އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު އާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އައު ޓާމިނަލް އިން ޗައިނާ އީސްޓަން އެއަރލައިންސް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއަރލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި އެ އެއަރލައިނުން ފުރި 241 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ.
އައު ޓާމިނަލް އަށް ކައިރި ކުރި ޗައިނާ އީސްޓަން އެއަރލައިންސްގެ ފުރަތަމަ ފްލައިޓް MU235 އިން ރާއްޖެ އައި 227 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއި އެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ޗައިނާ ސަރުކާރުން ހިންގާ ޗައިނާ އީސްޓާން އެއަރލައިންސް އަކީ ޗައިނާގެ އެންމެ ބޮޑު ތިން އެއަރލައިންގެ ތެރޭގައި ހިމެނޭ އެއް އެއަރލައިންއެވެ. މި އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 2007 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 28 ވަނަ ދުވަހުއެވެ.
މިއީ އައު ޓާމިނަލް އިން ހިދުމަތް ދޭން ފެށި ޗައިނާގެ ހަތަރުވަނަ އެއަރލައިނެވެ.
ޗައިނާ އީސްޓާން އެއރަލައިންސް އާއެކު އައު ޓާމިނަލުން ހިދުމަތް ދެމުން އަންނަ އެއަރލައިން ތަކުގެ އަދަދު މިހާރުވަނީ 30 އަށް އިތުރުވެފައެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއަރލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކުޑަކުދިންގެ ހަވީރެއް ބާއްވައިފި
8 ގަޑިއިރު ކުރިން

ލޮއާކާ ބްރޭންޑަށް 100 އަހަރު ފުރުން ފާހަގަ ކުރަން ޔޫރޯސްޓޯރުން އިވެންޓެއް ބާއްވައިފި
8 ގަޑިއިރު ކުރިން
ފޯކައިދޫގައި އަލަށް ޢިމާރާތް ކުރެވުނު މިސްކިތް ރަސްމީކޮށް ހުޅުވައިފި
8 ގަޑިއިރު ކުރިން

ވައި ނުސާފުވެ، މާލެ ސަރަޙައްދަށް އޮރެންޖު ސަމާލު ނެރެފި
8 ގަޑިއިރު ކުރިން


