
މީގެ ކުރިން އަތުލައިގެންފައިވާ މަސްތުވާތެކެތި ---
ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި 2.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

އަހުމަދު ޔައީޝް - 28 ޑިސެމްބަރު 2022 - 12:23
ޕޯސްޓުގެ ޚިދުމަތް ބޭނުންކޮށްގެން ރާއްޖެ އެތެރެކުރި 2.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ، ބެލްޖިއަމް އިން ރާއްޖެ ގެނައި ޕާރސަލްއެއްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން ބެލިބެލުމުން، މަސްތުވާތަކެތި އަޅާފައިވާ ދެ ޕެކެޓެއް ފެނިފައިވާ ކަމަށެވެ. އަދި މިތަކެތި ޓެސްޓްކުރުމުން އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެެފެޑޯންކަން އެނގިފައިވާ ކަމަށެވެ.
ކަސްޓަމްސް އިން ބުނީ، މިތަކެތީގެ ބަރުދަނުގައި 1 ކިލޯ ހުރި ކަމަށާއި، އޭގެ މަގުމަތީ އަގު ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. ކަސްޓަމުން ބުނީ މި މައްސަލައިގާ ޝާމިލުވާ އެކަކު ފުލުހުންނާއި ހަވާލުކޮށްފައިވާއިރު، އަތުލައިގަތް މަސްތުވާތަކެތި ވެސް ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ޕޯސްޓްމެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން މިހާރު އަންނަނީ ގިނަވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން