logo

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޗިލީގައި 13 މީހުން މަރުވެ 7 މީހުން ގެއްލިއްޖެ

profile

މުޙައްމަދު ފަޟްލޫން - 22 ޖުލައި 2026 - 11:27

ޗިލީގެ ބޮޑު ބަޔަކަށް ކުރިމަތިވި މޫސުމީ ކާރިސާގައި 13 މީހަކު މަރުވެ، 7 މީހަކު ގެއްލިފައިވާކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

https://wamco.com.mv/

އެ ގައުމުގެ މެދުތެރޭ ސަރަހައްދުތަކުން ފެށިގެން ދެކުނުގެ ސަރަހައްދުތަކަށް ކުރިމަތިވި ބާރުގަދަ ތޫފާންތަކާ ގުޅިގެން، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ސަރުކާރުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2،281 މީހުންގެ ގެދޮރު ގެއްލިފައިވާއިރު، 81 ގެއެއް އެއްކޮށް ސުންނާފަތިވެ، 2،761 ގެއަކަށް ވަނީ އެކިވަރުގެ ބޮޑެތި ގެއްލުންތައް ލިބިފައެވެ.

މީގެ އިތުރުން، ގާތްގަނޑަކަށް 87،000 މީހުންނަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށްވެސް އޮފިޝަލުން ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން އިންޓީރިއާ މިނިސްޓަރު ކްލޯޑިއޯ އަލްވަރާޑޯ ވިދާޅުވީ، ކަރަންޓުގެ ހިދުމަތް އަލުން ފޯރުކޮށްދިނުމުގައި އިހުމާލުވެ، ލަސްތަކެއް ވެފައިވާތީ، ކަރަންޓު ދޫކުރާ ކުންފުނިތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މި ކާރިސާގެ ސަބަބުން ހަތަރު ސަރަހައްދެއްގެ މުނިސިޕަލްޓީތަކުގެ ސްކޫލްތައް ބަންދުކޮށް، ކިޔަވައިދިނުން ވަނީ މެދުކަނޑާލާފައެވެ. މޫސުން އާދަޔާ ހިލާފަށް ގޯސްވުމުގެ ސަބަބުން، އިއްޔެއިން ފެށިގެން ޗިލީގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

މި ފިޔަވަޅާއެކު، އަސްކަރިއްޔާގެ އެހީތެރިކަން ހޯދުމާއި، ދަތުރުފަތުރު ކުރުން ކޮންޓްރޯލްކުރުމުގެ އިތުރުން، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އަވަސް އެހީ ފޯރުކޮށްދިނުމުގެ މަގު ސަރުކާރަށް ތަނަވަސްވެގެންދާނެއެވެ.

ކޯރުތައް ބޮޑުވެ މަގުތައް ބަންދުވުމުގެ ސަބަބުން ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، ކަރަންޓު ކެނޑުމުގެ ސަބަބުން ކޮކިމްބޯ ސަރަހައްދަށް ބޯފެން ފޯރުކޮށްދިނުމަށް ވެސް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk