logo

އަތޮޅުތެރޭގެ 4 ރަށެއްގައި އޭލެވެލް ކިޔަވައިދޭން ފަށައިފި

profile

ރިޟްވާން މޫސާ - 08 ޖޫން 2026 - 06:57

އަތޮޅޫތެރޭ އިތުރު 4 ސްކޫލެއްގައި އޭ ލެވެލަށް ކިޔަވާދޭން ފަށައިފިއެވެ.

https://wamco.com.mv/

މި ހަތަރު ސްކޫލުގައި ވެސް އޭލެވެލް އަށް ކިޔަވައިދޭން ފަށާފައި ވަނީ އިއްޔެ އެވެ.

އަލަށް އޭލެވެލް އަށް ކިޔަވައިދޭން ފެށި ސްކޫލްތަކަކީ ރ. އަތޮޅު އުނގޫފާރު ސްކޫލާއި އެ އަތޮޅު އިނގުރައިދޫ ސްކޫލާއި ތ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ގދ. މަޑަވެލީ ސްކޫލެވެ.

އަލަށް އޭލެވެލް ފެށި ސްކޫލްތަކުގަައި ކިޔަވާ ދަރިވަރުންގެ އަދަދު

  1. އުނގޫފާރު ސްކޫލް - 11 ދަރިވަރުން
  2. އިނގުރައިދޫ ސްކޫލް - 8 ދަރިވަރުން
  3. މަޑަވެލި ސްކޫލް - 9 ދަރިވަރުން
  4. ތ. އަތޮޅު ތައުލީމީ މަރުކަޒު - 8 ދަރިވަރު

މި ސްކޫލްތަކުގެ ތެރެއިން އުނގޫފާރު ސްކޫލުގައި މީގެކުރިންވެސް މަތީ ސާނަވިއަށް ކިޔަވައި ދީފައިވެއެވެ. އެހެންމަވެސް މެދުކެނޑުމަކަށްފަހު އަލުން އެ ސްކޫލްގައި އޭލެވަލަށް ކިޔަވާދޭން ފަށާފައިމިވަނީ 7 އަހަރަށް ފަހުއެވެ. މިދިޔަ އަހަރު 5 ސްކޫލެއްގައި އޭ ލެވެލްއަށް އަލަށް ކިޔަވައި ދޭން ވަނީ ފަށާފައެވެ.

މާލޭގެ ސީއެޗްއެސްސީގައިވެސް މިއަހަރު އަލަށް އޭލެވެލް ކިޔަވާކުދިންނަށް އިއްޔެ ވަނީ ކިޔަވާދޭން ފަށާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk