
ތިމަރަފުށީގައި މުޅިން އަލަށް ތަރައްގީކުރި ފުޓްސަލް ދަނޑު ހުޅުވައިފި

އާމިނަތު ޝަޒްލާ - 19 ޖުލައި 2026 - 07:37
ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ތ. ތިމަރަފުށީ ފުޓްސަލް ދަނޑު ހުޅުވައިދެއްވައިފިއެވެ.
ރައްޔިތުންގެ ގާތަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތިމަރަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ވަނީ މި ދަނޑުގެ ބިންގާ އަޅުއްވައިދެއްވާފައެވެ. މި މަޝްރޫޢު ކުރިއަށް ގެންދިޔައީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެންނެވެ. ނުވަ މަސް ދުވަހުގެ ތެރޭގައި މި ދަނޑުގެ މަސައްކަތް އެއްކޮށް ނިންމައި ދަނޑު ހުޅުވާފައިވާއިރު، ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.
ފުޓްސަލް ދަނޑު ހުޅުވުމަށް ތިމަރަފުށީގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، ޒުވާނުން ކުރިއަށްދާން ފުރުސަތު ބަންދުވެފައި އޮތް ކޮންމެ ދޮރެއް ހުޅުވައިދީ މަގުތައް ދައްކައިދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ. އެގޮތުން މި މަސައްކަތްވެސް ކޮންޓްރެކްޓްގައިވާގޮތަށް ނިންމާލާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ސަރުކާރުން ދަނީ އަބަދުވެސް ރައްޔިތުން ބޭނުންވާ ކަންކަން އެރަށަކަށް ކޮށްދެމުން ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ކަންކަން ހިނގަމުންދާނީ އެމަގުން ކަމަށެވެ.
ފުޓްސަލް ދަނޑު ހުޅުވުމަށް ބޭއްވި މި ރަސްމިއްޔާތުގައި ކުޅިވަރު ވުޒާރާގެ އިސްވެރިންނާއި ތިމަރަފުށީގެ އެކި އުމުރުފުރާގެ ގިނަ ބަޔަކު ބައިވެރިވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯލްޑް ކަޕް ފައިނަލް މެޗް ކުޅޭއިރު އުފާ ފާޅުކުރަން މިރޭ އެއްވުންތައް ނުބާއްވަން އިލްތިމާސްކޮށްފި
8 ގަޑިއިރު ކުރިން

އެމްޕީއެލް އިން ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ޖުމްލަ 1,804 ކޮންޓެއިނަރު ކްލިއަރކޮށްފި
9 ގަޑިއިރު ކުރިން

13 ރަށެއްގައި ހައުސިން ޔުނިޓް އަޅަން އިއުލާންކޮށްފި
12 ގަޑިއިރު ކުރިން

ޖޫން މަހު ޕީޖީ އިން 228 މައްސަލަ ބަލައިގަނެފައިވޭ
12 ގަޑިއިރު ކުރިން


.gif&w=3840&q=75)