
ޖޫން މަހު ޕީޖީ އިން 228 މައްސަލަ ބަލައިގަނެފައިވޭ

މުޙައްމަދު ފަޟްލޫން - 19 ޖުލައި 2026 - 10:59
ނިމިދިޔަ ޖޫން މަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، ޕީޖީ އޮފީހުން 228 މައްސަލައެއް ބަލައިގަނެފައިވާކަން އެ އޮފީހުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ޕީޖީ އޮފީހުން އާންމުކުރި ރިޕޯޓުތަކަށް ބަލާއިރު، ޖޫން މަހު ބަލައިގަތް މައްސަލަތަކުގެ އަދަދު މެއި މަހާ އަޅާބަލާއިރު %59.4 އިތުރުވެފައިވެއެވެ.
މެއި މަހު ބަލައިގަނެފައިވަނީ 143 މައްސަލަ ކަމަށްވާއިރު، ޖޫން މަހު މި އަދަދު ވަނީ 228 އަށް އުފުލިފައެވެ.
މިދިޔަ މަހު އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވިފައިވަނީ ޑިއުޓީ ޕްރޮސިކިއުޝަންގެ ދަށުން ތަހުގީގީ އިދާރާތަކަށް ގާނޫނީ ލަފާދިން މިންވަރުންނެވެ.
މެއި މަހު 447 މައްސަލައަކަށް ލަފާދީފައިވާއިރު، ޖޫން މަހު ވަނީ 683 މައްސަލައަކަށް ލަފާދީފައެވެ. މިއީ %52.7 ގެ އިތުރުވުމެކެވެ.
ދައުވާ ކުރުމުގެ ދާއިރާއަށް ބަލާއިރު، ޖޫން މަހު ޖުމލަ 265 މައްސަލައެއް ކޯޓުތަކަށް ހުށަހަޅާފައިވެއެވެ.
މިއީ މެއި މަހު ހުށަހެޅި 263 މައްސަލައާ އަޅާބަލާއިރު ކުޑަ އިތުރުވުމެކެވެ.
މީގެއިތުރުން، ކޯޓުތަކުގެ އަޑުއެހުންތަކަށް ޕީޖީ އޮފީހުން ހާޒިރުވި މިންވަރުވެސް ވަނީ އިތުރުވެފައެވެ.
މެއި މަހު 1,150 އަޑުއެހުމަކަށް ހާޒިރުވެފައިވާއިރު، ޖޫން މަހު ވަނީ 1,207 ޝަރީއަތުގެ މަޖިލީހަށް އެ އޮފީހުގެ ވަކީލުން ހާޒިރުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯލްޑް ކަޕް ފައިނަލް މެޗް ކުޅޭއިރު އުފާ ފާޅުކުރަން މިރޭ އެއްވުންތައް ނުބާއްވަން އިލްތިމާސްކޮށްފި
8 ގަޑިއިރު ކުރިން

އެމްޕީއެލް އިން ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ޖުމްލަ 1,804 ކޮންޓެއިނަރު ކްލިއަރކޮށްފި
9 ގަޑިއިރު ކުރިން

13 ރަށެއްގައި ހައުސިން ޔުނިޓް އަޅަން އިއުލާންކޮށްފި
12 ގަޑިއިރު ކުރިން

ރަހުނަކާއި ނުލާ ޑޮލަރުން ފައިނޭންސް ދޫކުރާ ކިޔަވާ ލޯނު ބީއެމްއެލް އިން ތައާރަފްކޮށްފި
13 ގަޑިއިރު ކުރިން


.gif&w=3840&q=75)