
އެކްސިޑެންޓްވި މީހާ މަރުވީ ޓްރެއިލަރު ލޮރީއެއްގެ ދަށުވެގެން: ފުލުހުން

މުޙައްމަދު ފަޟްލޫން - 12 ޖުލައި 2026 - 18:47
މާލޭގެ ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރީގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓްގައި ނިޔާވި މީހާ މަރުވީ ޓްރެއިލަރ ލޮރީއެއްގެ ދަށުވެގެން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގައި ނިޔާވެފައިވަނީ 30 ޓަނުގެ ބޮޑު ޓްރެއިލަރެއްގެ ދަށުވި މީހެކެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ހުޅުމާލެ، ގްރީންޕީކް (ގޯތި ނަންބަރު 20054)، އިބްރާހީމް ނާސިހެވެ.
ފުލުހުން ބުނި ގޮތުގައި، އެކްސިޑެންޓް ހިނގި ވަގުތު އޭނާ ވަގުތުން އައިޖީއެމްއެޗަށް ގެންދިޔައިރުވެސް އޭނާ ވަނީ ނިޔާވެފައެވެ.
މިއަދު ހަވީރު 15:57 ހާއިރު ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުން ކުރި ތަހުގީގުގެ ފުރަތަމަ މަރުހަލާގެ މައުލޫމާތުތަކަށް ބަލާއިރު، ނާސިހު ނިޔާވާން މެދުވެރިވީ ޓްރެއިލަރުގެ ދަށުވުމުގެ ސަބަބުންނެވެ.
ނަމަވެސް، އޭނާ ޓްރެއިލަރުގެ ދަށުވާން މެދުވެރިވީ ސީދާ އެ އުޅަނދުގައި ޖެހިގެން ކަމެއް މިހާތަނަށް ބެލިބެލުމުން ކަށަވަރުވެފައި ނުވާ ކަމަށް ފުލުހުން ފާހަގަކުރެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި އެކްސިޑެންޓް ހިނގީ އޮފީސްތައް ނިމި ގިނަ ބަޔަކު ހުޅުމާލެއަށް ދަތުރުކުރާ ވަގުތެއްގައި ކަމުން، ދަރުބާރުގެ ސަރަހައްދުގެ ޓްރެފިކަށް ވަރަށް ބޮޑަށް ބާރުބޮޑުވިއެވެ.
ބޮޑުތަކުރުފާނު މަގަކީ ބަސް ދަތުރުތައްވެސް ކުރާ މައި މަގަކަށް ވާތީ، މި ހާދިސާއާ ގުޅިގެން އާންމު ދަތުރުފަތުރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ.
ގުޅުން ހުރި ޙަބަރުތައް

ޑޮލަރުގެ އަގު ހުރީ 21 ރުފިޔާގައި: އަމީރު
ގަޑިއިރެއް ކުރިން
.jpeg&w=3840&q=75)
އެއަރ ފްރާންސުން ރާއްޖެ އާއި ޕެރިސް އާއި ދެމެދު ހަފްތާއަކު ދެ ދަތުރު ފަށަނީ
2 ގަޑިއިރު ކުރިން

ޕީއެންސީ އިންތިޚާބު ކުރިއަށްދަނިކޮށް މާރާމާރީ ހިންގި 2 މީހަކު ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން

ޕެރޯލްގެ ފުރުސަތު ދިނުން އަވަސްކުރުމަށް ގިނަ އަދަދެއްގެ ގައިދީންނާ އިންޓަވިއުކޮށްފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)