logo

އެއަރ ފްރާންސުން ރާއްޖެ އާއި ޕެރިސް އާއި ދެމެދު ހަފްތާއަކު ދެ ދަތުރު ފަށަނީ

profile

މުޙައްމަދު ފަޟްލޫން - 12 ޖުލައި 2026 - 18:47

މި އަހަރުގެ ޑިސެމްބަރު 18 އިން ފެށިގެން، ފްރާންސްގެ ގައުމީ އެއަރލައިން، އެއަރ ފްރާންސުން ޕެރިހާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިއްޖެއެވެ.

https://wamco.com.mv/

ކުރިއަށް އޮތް ފިނި މޫސުމާ ދިމާކޮށް ކުރިއަށްގެންދާ މި ސީޒަނަލް ދަތުރުތަކުގައި، ކޮންމެ ހަފުތާއެއްގެ އަންގާރަ އަދި ހޮނިހިރު ދުވަހު ޕެރިހުގެ ޗާލްސް ޑި ގޯލް އެއަރޕޯޓުން ރާއްޖެއަށް ދަތުރުތައް ކުރާނެ ކަމަށް އެއަރ ފްރާންސް އިން ވަނީ ބުނެފައެވެ.

އޭއެފް 268 ފްލައިޓް ގައި ކުރިއަށްގެންދާ މި ދަތުރުތަކުގައި ބޭނުންކުރާނީ އެއަރބަސް އޭ350 900 މަރުކާގެ ބޯޓުތަކެވެ.

މި ބޯޓުތަކުގައި ބިޒްނަސް ކްލާހާއި، ޕްރީމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާހުގެ ހިދުމަތް ލިބެން ހުންނާނެއެވެ.

ޕެރިހުން މާލެއަށް ކުރާ މި ދަތުރުތަކަށް ގާތްގަނޑަކަށް 10 ގަޑިއިރު ހޭދަވާއިރު، އެއަރ ފްރާންސުން ވަނީ މި ދަތުރުތައް 2027 މާރިޗު 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ނިންމާފައެވެ.

އެއަރ ފްރާންސް އިން ފުރަތަމަ ރާވާފައި އޮތީ ޖެނުއަރީ މަހުގެ ކުރީކޮޅާ ހަމައަށް ދަތުރުތައް ބޭއްވުމަށެވެ. ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަނާ ދިމާކޮށް، ގިނަ ފަތުރުވެރިންތަކަކަށް ފުރުސަތު ދިނުމުގެ ގޮތުން މިހާރު ވަނީ ދަތުރުތަކުގެ މުއްދަތު އިތުރުކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk