
ޕީއެންސީ އިންތިޚާބު ކުރިއަށްދަނިކޮށް މާރާމާރީ ހިންގި 2 މީހަކު ހައްޔަރުކޮށްފި

މުޙައްމަދު ފަޟްލޫން - 12 ޖުލައި 2026 - 18:46
ޕީއެންސީގެ އެތެރޭގެ އިންތިހާބު ކުރިއަށްދަނިކޮށް މާރާމާރީ ހިންގި 2 މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 2 މީހަކު ހައްޔަރުކުރީ މިރޭގެ ވަގުތެއްގައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރާއި 24 އަހަރުގެ 2 ދިވެހިންނެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބު މި ޖުލައި މަހުގެ 11 ވަނަ ދުވަހު ކުރިއަށްދަނިކޮށް އެތަނަށް ބަޔަކު ވަދެ މާރާމާރީ ހިންގާފައިވާ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ.
ފުލުހުން ބަލަމުންދަނީ ބަޔަކު ވަދެ ސްކޫލަށާއި ސްކޫލުގެ މުދަލަށް ގެއްލުންދީ، އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވާ މައްސަލަ ކަމަށްވެސް ވަނީ ބުނެފައެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބު ކުރިއަށްދަނިކޮށް ހުޅުމާލޭގައި ހުންނަ ކާމިލް ދީދީ ޕްރީސްކޫލަށް ބަޔަކު ވަދެ މާރާމާރީ ހިންގި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ޑޮލަރުގެ އަގު ހުރީ 21 ރުފިޔާގައި: އަމީރު
ގަޑިއިރެއް ކުރިން
.jpeg&w=3840&q=75)
އެއަރ ފްރާންސުން ރާއްޖެ އާއި ޕެރިސް އާއި ދެމެދު ހަފްތާއަކު ދެ ދަތުރު ފަށަނީ
ގަޑިއިރެއް ކުރިން

އެކްސިޑެންޓްވި މީހާ މަރުވީ ޓްރެއިލަރު ލޮރީއެއްގެ ދަށުވެގެން: ފުލުހުން
ގަޑިއިރެއް ކުރިން

ޕެރޯލްގެ ފުރުސަތު ދިނުން އަވަސްކުރުމަށް ގިނަ އަދަދެއްގެ ގައިދީންނާ އިންޓަވިއުކޮށްފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)