
ޕެރޯލްގެ ފުރުސަތު ދިނުން އަވަސްކުރުމަށް ގިނަ އަދަދެއްގެ ގައިދީންނާ އިންޓަވިއުކޮށްފި

މުޙައްމަދު ފަޟްލޫން - 12 ޖުލައި 2026 - 18:46
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންގެ ތެރެއިން ޕެރޯލްއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކާ އިންޓަވިއުކޮށް، ގޮތްތަކެއް ނިންމުމަށްޓަކައި ޕެރޯލް ބޯޑުގެ ހާއްސަ ބައްދަލުވުންތަކެއް މާފުށި ޖަލުގައި ކުރިއަށް ގެންގޮސްފިއެވެ.
މި ދަތުރުގެ ތެރެއިން ޕެރޯލް ބޯޑުގެ މެންބަރުން ވަނީ މާފުށި ޖަލުގައި ގައިދީން އިޞްލާޙުކޮށް އަލުން މުޖުތަމަޢަށް ނެރުމަށްޓަކައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި، ވޮކޭޝަނަލް ޓްރޭނިންގ ސައިޓަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ގާތުން ބައްލަވާލައްވާފައެވެ.
ޕެރޯލްއަކީ ޖަލު ޙުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ޤާނޫނުގައި ކަނޑައެޅިފައިވާ ވަކި މިންވަރެއް ފުރިހަމަކޮށްފައިވާ ގައިދީން، މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރުކުރުމާއެކު އަލުން މުޖުތަމަޢަށް އަހުލުވެރިކުރުވުމަށްޓަކައި، ވަކި ޝަރުޠުތަކެއްގެ ދަށުން ދޫކޮށްލުމެވެ. ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން މި ނިންމުންތައް ނިންމުމުގެ އިޚްތިޞާޞް ލިބިގެންވަނީ ޕެރޯލް ބޯޑަށެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ޕެރޯލްގެ ދަށުން މިނިވަންވުމަށް އެދި ޖުމްލަ 241 ހުށަހެޅުމެއް ލިބިފައިވެއެވެ. މީގެ ތެރެއިން 189 ފަރާތެއްގެ ޝަރުޠު ހަމަވާކަމަށް ނިންމާފައިވާއިރު، 43 ފަރާތެއްގެ ޝަރުޠު ހަމަނުވާކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި 8 މައްސަލައެއް ނުނިމި އޮތްއިރު، އެއް މައްސަލައެއްގައި ވަނީ ޤާނޫނީ ލަފައަކަށް އެދިފައެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޕެރޯލް ބޯޑަށް 86 ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 42 މީހަކަށް ޕެރޯލްގެ ފުރުޞަތު ދިނުމަށް ބޯޑުން ފާސްކުރި ނަމަވެސް، 44 މީހަކަށް އެ ފުރުޞަތު ނުދިނުމަށް ވަނީ ނިންމާފައެވެ.
މިދިޔަ އަހަރުގެ ތެރޭގައި ޕެރޯލްގެ ދަށުން އަމަލީގޮތުން ދޫކޮށްލާފައިވަނީ 22 ގައިދީންނެވެ.
ޕެރޯލްގެ ދަށުން ދޫކޮށްލުމަށް ނިންމި މީހުންގެ ތެރެއިން 25 މީހެއްގެ ނިންމުން ބާތިލުކޮށްފައިވާއިރު، މީގެ ތެރެއިން ދެ މީހެއްގެ ނިންމުން ބާތިލުކުރީ އެ މީހުންނާ ހަވާލުވާނެ ޒިންމާދާރު ފަރާތެއް ނެތުމުގެ ސަބަބުންނެވެ.
ހަމައެއާއެކު، ޖުމްލަ 27 މީހަކު މިހާރު ވަނީ ޕެރޯލްގެ ދަށުން އަލުން މުޖުތަމައުއަށް ދޫކޮށްލާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޑޮލަރުގެ އަގު ހުރީ 21 ރުފިޔާގައި: އަމީރު
2 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
އެއަރ ފްރާންސުން ރާއްޖެ އާއި ޕެރިސް އާއި ދެމެދު ހަފްތާއަކު ދެ ދަތުރު ފަށަނީ
2 ގަޑިއިރު ކުރިން

އެކްސިޑެންޓްވި މީހާ މަރުވީ ޓްރެއިލަރު ލޮރީއެއްގެ ދަށުވެގެން: ފުލުހުން
2 ގަޑިއިރު ކުރިން

ޕީއެންސީ އިންތިޚާބު ކުރިއަށްދަނިކޮށް މާރާމާރީ ހިންގި 2 މީހަކު ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)