logo

އީސީގެ ރައީސްކަމަށް ޝަކީލް އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 30 ޖޫން 2026 - 07:54

އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

https://wamco.com.mv/

އީސީގެ ރައީސްގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކޮމިޝަންގެ ރައީސަކު އައްޔަނުކުރެވޭނީ ކޮމިޝަނަށް ކަނޑައަޅާފައިވާ މެންބަރުންގެ އަދަދު ހަމަވުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޝަކީލް ކޮމިޝަންގެ މެންބަރުކަމަށް އައްޔަނުކުރެއްވީ މި ހިނގާ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.

ޝަކީލް އައްޔަނުކުރެއްވުމާއެކު، ކޮމިޝަންގެ ފަސް މެންބަރުންގެ އަދަދު ވަނީ ހަމަވެފައެވެ. އެހެންކަމުން، ކޮމިޝަންގެ ރައީސްކަމަށް ޝަކީލް އައްޔަނުކުރުމަށް ފެނިވަޑައިގަންނަވާތީ ރައީސުލްޖުމްހޫރިއްޔާ އެ ނަންފުޅު މަޖިލީހަށް ފޮނުއްވުމުން، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ވަނީ އެ މައްސަލަ ދިރާސާކޮށް ނިންމާފައެވެ.

މިއަދުގެ ޖަލްސާގައި ޝަކީލް އީސީގެ ރައީސްކަމަށް އައްޔަނުކުރުމަށް ފާސްވީ 61 މެންބަރުންގެ ތާއީދާއެކުގައެވެ.

އޭނާ އެ މަގާމަށް އައްޔަނުކުރުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ 8 މެންބަރުންނެވެ.

މުހައްމަދު ޝަކީލަކީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަން ފުރުއްވާފައިވާ ބޭފުޅެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk