
އެލްޖީއޭގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

އާމިނަތު ޝަޒްލާ - 15 ޖުލައި 2026 - 07:52
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައްވައިފިއެވެ.
މި ފުރުޞަތު ހުޅުވާލައްވާފައިވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 59 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން، އެ އޮތޯރިޓީގެ ބޯޑުގައި ތިއްބެވި 3 (ތިނެއް) މެންބަރުންގެ ދައުރު ހަމަވާތީއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން، 29 ޖުލައި 2026 ވާ ބުދަ ދުވަހާ ހަމައަށެވެ. ފޯމު ހުށަހެޅޭނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.
މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެއްވޭނެއެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީއަކީ ރާއްޖޭގެ ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކޮށް، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އުފައްދާފައިވާ މުހިންމު އިދާރާއެކެވެ.
ގުޅުން ހުރި ޙަބަރުތައް

ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން އާސަންދައިން ރާއްޖޭގެ 8 ސަރަހައްދެއްގައި ކައުންޓަރު ހުޅުވައިފި
3 ގަޑިއިރު ކުރިން

އެޗްޑީސީގެ ވަޒީފާތަކުން މީހުން ވަކިކުރަނީ ސިޔާސީ ބޭނުމެއްގައި: ފައްޔާޒް
3 ގަޑިއިރު ކުރިން
10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
3 ގަޑިއިރު ކުރިން

އައްޑޫގައި ތަކުރާރުކޮށް ވައްކަންކުރާ ޒުވާނަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)