logo

21 ކިލޯގެ ޑްރަގާއެކު ތިން މީހަކު ހައްޔަރު ކޮށްފި

profile

މުޙައްމަދު ފަޟްލޫން - 07 މޭ 2026 - 14:05

މާލެ ސަރަހައްދުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

މިދިޔަ އަންގާރަ ދުވަހު ފުލުހުން ހިންގި މި ކާމިޔާބު އޮޕަރޭޝަނަކީ، މި މަހުގެ 4 ވަނަ ދުވަހު ރާއްޖެ އައި ފްލައިޓަކުން އެތެރެކުރި 7 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެ ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން، އެ ތަކެއްޗާ ހަވާލުވާ މީހުން ހޯދުމަށް ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި "ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެކެވެ.

މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ލ. ކަލައިދޫ، ހިޔާވަހި، ޢަބްދުﷲ ރާއިފް އާއި ބަންގްލަދޭޝްގެ ދެ ރައްޔިތުން ކަމަށްވާ އެމްޑީ ޖޯޝިމް އުއްޑިން އަދި މަމުން ދަލި އެވެ.

ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަބްދުﷲ ރާއިފް 3 ދުވަހަށް އަދި ބަންގްލަދޭޝްގެ ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި އޮޕަރޭޝަންގެ ތެރެއިން މާލޭގެ ދެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް، އިތުރު 13 ކިލޯގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. ކަސްޓަމްސްއިން ހަވާލުކުރި ތަކެއްޗާއެކު، މި އޮޕަރޭޝަންގައި ޖުމުލަ 21 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފުލުހުން ވަނީ އަތުލައިގަނެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk