logo

ސީއެންއެންގެ ފައުންޑަރ ، ޓެޑް ޓާނާ މަރުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 07 މޭ 2026 - 13:12

ބައިނަލްއަގުވާމީ މަޝްހޫރު މީޑިއާ ނެޓްވޯކް، ސީއެންއެން (CNN) ގެ ފައުންޑަރ ރޮބާޓް އެޑްވާޑް "ޓެޑް" ޓާނާ އަވަހާރަވެއްޖެއެވެ.

https://wamco.com.mv/

ޓާނާ އަވަހާރަވިކަން އޭނާގެ އާއިލާއިންނާއި ސީއެންއެންއިން ވަނީ ކަށަވަރުކޮށްދީފައެވެ.

އުމުރުން 87 އަހަރުގައި އޭނާ އަވަހާރަވީ ސިކުނޑީގެ ނާރުގެ ބައްޔަކަށް 2018 ވަނަ އަހަރުން ފެށިގެން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ނަމަވެސް، އޭނާ އަވަހާރަވި ސީދާ ސަބަބެއް އާއިލާއިން މިހާތަނަށް ހާމައެއް ނުކުރެއެވެ.

1938 ވަނަ އަހަރު އެމެރިކާގެ އޮހިއޯގެ ސިންސިނާޓީއަށް އުފަންވި ޓާނާ، އާއިލީ ވިޔަފާރިއާ ހަވާލުވީ މާލީ ގޮންޖެހުންތަކާ ހުރެ އޭނާގެ ބައްޕަ އަމިއްލައަށް މަރުވި ހިސާބުންނެވެ. ވިޔަފާރީގެ ތެރެއިން ގިނަ އަދަދެއްގެ ރޭޑިއޯ ސްޓޭޝަންތަކެއް ހިންގެވުމަށްފަހު، ޓީވީ ބްރޯޑްކާސްޓިންގެ ދާއިރާއަށް އޭނާ ފުރަތަމަ ވަދެވަޑައިގަތީ 1970 ވަނަ އަހަރު "އެޓްލާންޓާ ސްޓޭޝަން" ބައްލަވައިގަތުމަށްފަހުއެވެ.

އޭގެ ދިހަ އަހަރު ފަހުން، 1980 ވަނަ އަހަރު އޭނާ ވަނީ ދުނިޔޭގެ ފުރަތަމަ 24 ގަޑިއިރު ހަބަރު ފަތުރާ ޗެނަލް، ކޭބަލް ނިއުސް ނެޓްވޯކް (ސީއެންއެން) އުފައްދަވާފައެވެ. މި އީޖާދީ ފިޔަވަޅާއެކު ސީއެންއެން ވެގެންދިޔައީ މުޅި ދުނިޔޭގެ މަގުބޫލުކަން ހޯދި ނޫސްވެރިކަމުގެ އާ ބާބަކަށެވެ.

ސީއެންއެންގެ މަގުބޫލުކަން ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ބޮޑަށް އުފުލިގެންދިޔައީ 1990 އާއި 1991 ވަނަ އަހަރުގެ ގަލްފް ހަނގުރާމައިގެ ދުވަސްވަރުގައެވެ. އެ ހަނގުރާމައިގެ މައުލޫމާތުތައް ސެޓެލައިޓް ޓެކްނޮލޮޖީ މެދުވެރިކޮށް ވަގުތުން ގެނެސްދިނުމުގައި ސީއެންއެން އަދާކުރި ދައުރަކީ ބްރޯޑްކާސްޓިން ދާއިރާގައި ފާހަގަކޮށްލެވޭ ބޮޑު ބަދަލެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk