logo

ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ޕްރައިމަރީގައި ޕީއެންސީ އިން ވާދަކުރަނީ ސައީދު އާއި ސިނާން

profile

މުޙައްމަދު ފަޟްލޫން - 19 އޭޕްރީލު 2026 - 17:36

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް، އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާނާއި، ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހުމަދު ސައީދު ފޯމު ހުށަހަޅުއްވައިފިއެވެ.

https://wamco.com.mv/

ޕީއެންސީގެ ޓިކެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު އިރުއޮއްސި 6:00 އަށް ހަމަވިއިރު، އެ ޕާޓީން ބުނެފައިވަނީ ޝަރުތު ހަމަވާ އެކަކަށް ވުރެ ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާ ނަމަ، ޕާޓީގެ ކެންޑިޑޭޓަކު ކަނޑައަޅާނީ އެތެރޭގެ ޕްރައިމަރީއަކުން ކަމަށެވެ. އެގޮތުން މި ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާނީ ސިނާނާއި ސައީދެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރަކަށް ހުންނެވި މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތުމުގެ ސަބަބުން، އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.

ސިނާނުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅީ، މޯލްޑިވްސް އިސްލާމިކް ބޭންކުން (އެމްއައިބީ) ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަކަށް ފައިސާ ދެއްކުމަށް ސ. ހިތަދޫ ކޯޓުން ކުރި ހުކުމާ އެއްގޮތަށް އޭނާ އަމަލުކޮށްފައި ނުވާތީއެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk