logo

އިރާނާއެކު މަޝްވަރާތަކުގައި އެމެރިކާއިން ބައިވެރިވާނެ: ޓްރަމްޕް

profile

މުޙައްމަދު ފަޟްލޫން - 19 އޭޕްރީލު 2026 - 14:48

އީރާނާއެކު ބާއްވާ މަޝްވަރާތަކުގައި ބައިވެރިވުމަށް އެމެރިކާގެ ވަފުދެއް ކުރިއަށް އޮތް ހޯމަ ދުވަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ޒިޔާރަތްކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޓްރަމްޕް ސޯޝަލް މީޑިއާގައި މިކަން ހާމަކުރެއްވި ނަމަވެސް، މި ބައްދަލުވުމުގައި އެމެރިކާގެ ފަރާތުން ބައިވެރިވާނެ އިސް އޮފިޝަލުންގެ ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ. އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސްގެ އިސްނެންގެވުމާއެކު މީގެ ކުރިން ކުރިއަށްދިޔަ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ނިމިގެންދިޔައީ އެއްވެސް އެއްބަސްވުމަކަށް ނާދެވިއެވެ.

ޓްރަމްޕްގެ ޕޯސްޓުގައި އީރާނުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ތުހުމަތު ކުރައްވާފައިވެއެވެ. އެގޮތުން، އިއްޔެގެ ވަގުތެއްގައި ހޮރްމޫޒް ކަނޑުއޮޅީގައި ބަޑީގެ ހަމަލާތަކެއް ދީފައިވާކަން ފާހަގަކުރައްވައި، އެމެރިކާއިން ހުށަހަޅާ އެއްބަސްވުމަށް އީރާނުން އިޖާބަ ނުދީފިނަމަ، އެ ޤައުމުގެ މަދަނީ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދީ ހަލާކުކޮށްލާނެ ކަމުގެ އިންޒާރުވެސް ރައީސް ޓްރަމްޕް ވަނީ ދެއްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk