
ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓުންވެސް ގޮނޑިގެއްލޭ އިސްލާހު ބާތިލެއް ނުކުރެވުނު

މުޙައްމަދު ފަޟްލޫން - 19 އޭޕްރީލު 2026 - 17:35
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސިޔާސީ ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭގޮތަށް އޮތް އުސޫލަށް އަމަލުކުރުން މަދުކުރުމަށް، ދައުލަތުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިންއެވެ.
މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު، މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެން، މެންބަރެއްގެ ގޮނޑި ގެއްލޭފަދަ އެއްވެސް ފިޔަވަޅެއް ނޭޅުމުގެ ވަގުތީ އަމުރަކަށް އަލީ ހުސައިން ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން، މި މައްސަލަ ބައްލަވާ ފަނޑިޔާރުންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމުގެ އަމުރަކަށްވެސް އޭނާ އެދިވަޑައިގެންފައިވެއެވެ.
ވަގުތީ އަމުރާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި ބަޔާންކޮށްފައިވަނީ، ގޮނޑި ގެއްލޭ ފަދަ ފިޔަވަޅެއް ނޭޅުމަށް އަމުރު ނެރުމަކީ މައްސަލައިގެ އަސްލު މައުޟޫއަށް ސީދާ އަސަރުކުރާނެ ކަމެއް ކަމަށްވާތީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އަދި ފަނޑިޔާރުންނާ މެދު ފިޔަވަޅު ނޭޅުމުގެ އަމުރާ ގުޅިގެން ކޯޓުން ބުނީ، ފަނޑިޔާރުންގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަމެއްގައި ފަނޑިޔާރުން އަމިއްލައަށް ގޮތް ނިންމުމަކީ ގާނޫނީ އުސޫލުތައް ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެ އަމުރުވެސް ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ޕްރައިމަރީގައި ޕީއެންސީ އިން ވާދަކުރަނީ ސައީދު އާއި ސިނާން
8 ގަޑިއިރު ކުރިން

އަސާސީ ބާވަތްތައް ދަތިކަމެއްނެތި ރާއްޖެއިން ލިބެންހުންނާނެކަން ދަނީ ކަށަވަރުކުރަމުން: ސަރުކާރު
8 ގަޑިއިރު ކުރިން

ނަޝީދަށް ހަމަލާދިން މައްސަލައިގެ ތަހުގީގު ފުޅާކުރަން އަންގައިފި
11 ގަޑިއިރު ކުރިން

އިރާނާއެކު މަޝްވަރާތަކުގައި އެމެރިކާއިން ބައިވެރިވާނެ: ޓްރަމްޕް
11 ގަޑިއިރު ކުރިން


.gif&w=3840&q=75)