.webp&w=3840&q=75)
ހިމަ ބިހި ކޮންޓްރޯލް ނުކުރެވިގެނެއް ނޫޅެން: ގީލާ

ރިޟްވާން މޫސާ - 08 ޖުލައި 2026 - 06:37
ހިމަބިއްސަކީ މިއަދު ރާއްޖޭގައި އާދަޔާ ޚިލާފަށް ފެތުރެމުންދާ ނޫނީ ބަލި ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބައްޔެއް ނޫން ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ.
ހިމަ ބިއްސަކީ މީގެ ކުރިން ރާއްޖެއިން އެއްކޮށް ނައްތާލެވިފައިވާ އަދި ގިނަ ދުވަސްތަކެއް ވަންދެން މި ބަލީގެ އަލާމާތެއްވެސް ރާއްޖެއިން ފެނިފައި ނުވާ ބައްޔެކެވެ.
ނަމަވެސް މިފަހަކުން އޭޝިއާގެ ގިނަ ގައުމުތަކެއްގައި ހިމަބިހީގެ އަސަރު ނުވަތަ އެ ބަލި ޖެހިފައި ހުރިކަން އެނގުމާއެކު އެ ބަލީގެ ވަރަށް ގިނަ އަދަދެއްގެ ކޭސްތަކެއް ރާއްޖެއިން ވެސް ދަނީ ފެންނަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައި މިނިސްޓަރު ގީލާ ވިދާޅުވީ، ހިމަބިހި ކޮންމެވެސް ވަރަކަށް ރާއްޖޭގައި ފެންނަމުން ދާއިރު މިއަހަރުގެ މިހާތަނަށް އާބާދީގެ ތެރެއިން ހިމަބިހީގެ ކޭސްތައް ފެނުނީ މާލެ ސަރަހައްދުން ކަމަށެވެ. އަދި 100 އެއްހާ މީހުން ހިމަބިއްސަށް ފައްސިވެފައިވާ ކަމަށް ގީލާ ވިދާޅުވިއެވެ.
ހިމަބިއްސަށް ޖަހާ އެމްއާރު ވެކްސިން ރާއްޖެއަށް ތައާރަފުކުރީ 1983 ވަނަ އަހަރެވެ. އެއަށްފަހު 2017ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅިއެވެ.
ގުޅުން ހުރި ޙަބަރުތައް

އދގެ ޢާންމު މަޖިލީހުގައި ބައިވެރިވުމަށް އީރާނުގެ އިސް ވެރިންނަށް އެމެރިކާއިން ފުރުޞަތު ދީފި
13 ގަޑިއިރު ކުރިން

ޕީއެންސީގެ އިންތިޚާބީ އަދި އިސް މަޤާމުތަކަށް އައްޔަންކުރެއްވި ބޭފުޅުން މަޤާމުގެ އިޤްރާރުވެއްޖެ
14 ގަޑިއިރު ކުރިން

ރާއްޖެ-މެލޭޝިއާ މަޝްވަރާތަކަކީ މުސްތަޤްބަލަށް އެޅުނު ވަރުގަދަ ބިންގަލެއް: ރައީސް
16 ގަޑިއިރު ކުރިން

ޘަވާބާއި ދަރުމައަށް އެދި ޢާއިލާއަށް ޚަރަދުކުރުމަކީ އަޅުކަމެއް: ޚުޠުބާ
17 ގަޑިއިރު ކުރިން


