މިނިސްޓަރ އަމީން ސްޓެލްކޯގެ އެމްޑީއާ ބައްދަލުކުރައްވައިފި
މުހައްމަދު ހަފީޒް - 04 ޑިސެމްބަރު 2024 - 16:08
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއާ ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުން ބޭއްވުނީ ސްޓެލްކޯގެ ހެޑް އޮފީހުގައެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން މަޝްވަރާކުރެއްވި މައިގަނޑު މަޢުޟޫއަކީ ސްޓެލްކޯ އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓާ ގުޅިގެން ކުރިއަށް ގެންދެވިދާނެ މަސައްކަތްތަކެވެ.
މީގެ ތެރޭގައި ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ޚިދުމަތްތައް ފުޅާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި ކުރިއަށް އޮތް ތަނުގައި ދެފަރާތުން ގުޅިގެން ދިވެހި ރައްޔިތުންނަށް ފައިދާހުރި ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން