logo

އެއްވެސް ޕާޓީއަކާ އެކު މިވަގުތު މަސައްކަތް ކުރާކަށް ނެތިން: ރައީސް ނަޝީދު

profile

ޝާމާ ޝުޢައިބު - 13 ޖެނުއަރީ 2025 - 15:05

ސިޔާސީ މައިދާނުން މުޅިން ދުރައްޖެހިވަޑައިނުގެންނެވި ނަމަވެސް އެއްވެސް ޕާޓީއެއްގައި މިވަގުތު މަސައްކަތް ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކުރެއްވީ ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތުގައި ކަމަށެވެ.

ގައުމެއްގެ ތަރައްގީއަށް އަދި ރައްޔިތެއްގެ ތަނަވަސްކަމަށް އެންމެ ބޭނުން އެއް ވަސީލަކީ ވާދަވެރި ސިޔާސީ ހަރަކާތް ކަމުން، 2008 ގެ ރިޔާސީ އިންތިހާބަށް ފަހު ސަރުކާރުގެ އާމްދަނީ އިތުރުވެދިޔަ މިންވަރު، އަދި އެ އާމްދަނީން ކުރެވުނު އުމްރާނީ މަސައްކަތާއި، ރައްޔިތުންނަށް ހޯދާ ދެވުނު އިޖުތިމާއީ ރައްކާތެރިކަން ބުނެދެނީ ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ފައިދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް ސިޔާސީ ޕާޓީއަކާ އިދިކޮޅުވާނެ މީހެއް ނޫން ކަމަށެވެ.

އެމްޑީޕީއަކީ އެމަނިކުފާނުގެ ދަރިއެއްފަދަ ޕާޓީއެއް ކަމަށާއި، އެ ޕާޓީ ވަރުގަދަވެ އޮތުން އެއީ އަބަދުވެސް އެދޭނެ ކަމެއް ކަމެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ޑިމޮކްރެޓްސް އަކީ ޚާއްސާކޮށް ޒުވާނުންނަށް ސިޔާސީ މަސައްކަތުގައި ބައިވެރިވުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.

އެ ޕޯސްޓުގައި ރައީސް ނަޝީދު ވިދާޅުވީ އެއްވެސް ޕާޓީއެއްގައި މިވަގުތު އެމަނިކުފާނު މަސައްކަތް ނުކުރައްވާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ ހަރަކާތުން މުޅިން ދުރައްޖެހިވަޑައިގަތީ ނޫން ކަމަށް ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީ ތެރޭ އުފެދުނު ސިޔާސީ ހަލަބޮލިކަމަށް ފަހު ރައީސް ނަޝީދު ވަނީ 2023 ވަނަ އަހަރު އަމިއްލަފުޅު ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ. އެކަމަކު، އެ ޕާޓީއަށް މާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.

އެއަށް ފަހުގައި ރައީސް ނަޝީދު ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެންކަން އިއުލާނުކުރެއްވީ ޑިސެމްބަރު 12، 2023 ގައެވެ. އެމަނިކުފާނު މިހާރު ގެންދަވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވަމުންނެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay