
ލޮސް އެންޖަލިސްގައި ރޯވެފައިވާ އަލިފާން ނިއްވުމަށް މެކްސިކޯގެ ފަޔަރފައިޓަރުން ފޮނުވައިފި

އައިމިނަތު ރޫޔާ - 11 ޖެނުއަރީ 2025 - 14:41
ލޮސް އެންޖެލިސްގައި ރޯވެ ފެތުރެމުންދާ އަލިފާންގަނޑު ނިއްވުމަށް އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މެކްސިކޯ އިން ފަޔަރ ފައިޓަރުން ފޮނުވައިފިއެވެ.
މީޑިއާތަކުން ރިޕޯޓްކުރާ ކުރާގޮތުގައި މެކްސިކޯ އިން ލޮސްއެންޖަލިސްއަށްދާ ފަޔރފައިޓަރުން މަސައްކަތްކުރާނީ އީޓަން އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށެވެ. ރިޕޯޓްތަކުން ބުނާގޮތުގައި އަލިފާން ނިއްވުމަށް މިހާރުވެސް އެ ސަރަހައްދުގައި 1000 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އީޓަން އަލިފާންގަނޑު ފެތުރެމުންދާ ލޮސް އެންޖަލިސްގެ އަލްޓަޑެނާ އަދި ޕަލިސޭޑްސް ސަރަހައްދުގެ 13،690 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށްވެފައި ކަމަށްވެސް އެގައުމުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ. އަދި އެސަރަހައްދުން އެކަނިވެސް ތިން މީހުން މަރުވެފައިވާއިރު 7000 އަށް ވުރެ ގިނަ އިމާރާތަށް ވަނީ ގެއްލުން ލިބިފައެވެ.
ލޮސް އެންޖެލިސްގެ 6 ވަނަ ސަރަހައްދެއްގައި އިއްޔެ ރޯވެ ފެތުރެމުންދާ އަލިފާންގަނޑަކީ ގަސްތުގައި ރޯކުރި އަލިފާނެއް ކަމަށް ތުހުމަތުކޮށް މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.ގަސްތުގައި އަލިފާން ރޯކުރިކަމަށް ތުހުމަތުކޮށް ފުލުހުން މީހަކު ހައްޔަރުކޮށްގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވެފައި ވެއެވެ.ލޮސް އެންޖެލިސްގެ 6 ސަރަހައްދެއްގައި މިހާރު ރޯވެ އަނދަމުންދާ އަލިފާންގަނޑުތައް ގަދަ ވަޔާއެކު ފެތުރި އެތައްހާސް އޭކަރެއްގެ ސަރަހައްދުތައް އަނދާފައި ވެއެވެ. އަދި އިތުރު ސަރަހައްދުތަކަށް އަލިފާންގަނޑުތައް ދަނީ ފެތުރެމުންނެވެ. މިއީ ތާރީޚަށް ބަލާއިރުގައިވެސް އެމެރިކާގައި ހިންގި އެންމެ ބޮޑު އަލިފާނުގެ ހާދިސާއެެވެ.
ގުޅުން ހުރި ޙަބަރުތައް
ހަނގުރާމަ ހުއްޓާލާކަށް ނުބުނަން: އީރާނ
ދުވަހެއް ކުރިން

ފަލަސްތީނުގެ ރައްޔިތުންނަށް މަރުގެ އަދަބު ދިނުމަށް ހެދި ގާނޫނު ބަލައެއް ނުގަނެވޭނެ: އީޔޫ
2 ދުވަސް ކުރިން
ތެޔޮ ހިފައިގެން ހުރުމުޒް ކަނޑުއޮޅި ހުރަސްކުރަން ދިޔަ ޓޭންކަރަކަށް އީރާނުން ހަމަލާދީފި
2 ދުވަސް ކުރިން

އިރާނާ ދެކޮޅަށް ކުރާ ހަނގުރާމއިގައި އަރަބި ގައުމުތަކު އެހީތެރިކަމަށް ޓްރަމްޕު އެދެނީ
3 ދުވަސް ކުރިން


.gif&w=3840&q=75)