logo
ފޮޓޯ: ބީއެމްއެލް

ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ އެމެކްސް ކްރެޑިޓް ކާޑުން ރިވާޑް ޕޮއިންޓްސް ލިބޭ ޕްރޮމޯޝަނެއް ފަށައިފި

profile

އައިޝަތު އިބްރާހިމް - 16 ސެޕްޓެމްބަރު 2025 - 08:03

ބޭންކް އޮފް މޯލްޑިވްސްގެ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އަމާޒުކޮށް ރިވަރޑް ޕޮއިންޓް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

https://wamco.com.mv/

މިކަން ހާމަކޮށް ބޭންކުން ބުނެފައިވަނީ މިއީ ބޭންކް އޮފް މޯލްޑިވްސްގެ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އަމާޒުކޮށް 50،000 ރިވަރޑް ޕޮއިންޓް ލިބޭ ހާއްސަ ޕްރޮމޯޝަނެއްކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 15 ސެޕްޓެންބަރުން 14 އޮކްޓޫބަރުގެ ނިޔަލަށްކަމަށްވެސް ބޭންކުން ބުނެފައިވެއެވެ. މި މުއްދަތުގެ ތެރޭގައި ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑުތަކުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

View post on Twitter


ބީއެމްއެލްއިން ބުނީ މި ޕްރޮމޯޝަންގެ ތެރެއިން ބަލައިގަންނާނީ ބީއެމްއެލް ކާޑު މެޝިން އަދި ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ ވިޔަފާރިތަކެވެ. ޕްރޮމޯޝަން ނިމުމުން، 50،000 ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ލިބޭ 50 ނަސީބުވެރީން ހޮވާނެކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.

ބީއެމްއެލް އެމެކްސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް، ބޭންކުގެ ޕާޓްނަރ މަރޗެންޓުން ދެމުންދާ ޑިސްކައުންޓްތަކާއި އީޒީޕޭ އިންސްޓޯލްމެންޓް ޕްލޭން ހިމެނެއެވެ.

މީގެ އިތުރުން ކްރެޑިޓް ކާޑުތަކުން ކުރާ ވިޔަފާރިތަކަށް ބީއެމްއެލް ރިވާޑްސް ޕޮއިންޓް ލިބުން ފަދަ ހާއްސަ ފައިދާތައް ލިބޭނެކަމަށް ބޭންކުން ވަނީ ބުނެފައެވެ. ބީއެމްއެލް ރިވާޑްސް ޕޮއިންޓް ބޭނުންކޮށްގެން އެއާލައިނުން ޓިކެޓު ނެގުމާއި ހޮޓެލް ބުކް ކުރުމާއި ކާރު ކުއްޔަށް ނެގުމާއި މަޝްހޫރު ބްރޭންޑްތަކުގެ ގިފްޓްކާޑާއި ރާއްޖޭގެ ބައެއް ވިޔަފާރިތަކުގެ ވައުޗަރވެސް ލިބޭނެކަމުގައި ބުނެފައިވެއެވެ.

ބީއެމްއެލްގެ މޮބައިން ބޭންކިންގ އެޕް ނުވަތަ އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް ކާޑަށް އެދި ހުށަހެޅޭނެކަމަށްވެސް ބުނެފައިވެއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay