logo

ރަތްކަނޑުގައި އޮތް އެމެރިކާގެ ހަނގުރާމަމަތީ މަތިންދާ ބޯޓު އުފުލާ މަނަވަރަށް ހޫޘީން ވަރުގަދަ ހަމަލާތަކެއްދީފި

profile

ސައިފް އަޒުހަރު - 16 މާރިޗު 2025 - 17:38

ރަތްކަނޑުގައި އޮތް އެމެރިކާގެ ހަނގުރާމަމަތީ މަދިންދާ ބޯޓު އުފުލާ މަނަވަރަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދީފި ކަމަށް، ޔަމަނުގެ ހޫޘީން ބުނެފިއެވެ.

https://wamco.com.mv/

ހޫޘީން ހަމަލާދިން ކަމަށް ބުނަނީ، ރަތްކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފައުޖުގައި ހިމެނޭ ޔޫއެސްއެސް ހެރީ އެސް ޓްރޫމަންއަށެވެ.

މަނަވަރަށް ހަމަލާދިނީ ބެލިސްޓިކް މިސައިލާއި، ކްރޫޒް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ކަމަށްވެސް ބުނެފައި ވެއެވެ.

އެގޮތުން، މި އޮޕަރޭޝަންގައި 18 ބެލިސްޓިކް މިސައިލާއި، ކްރޫޒް މިސައިލް އަދި ޑްރޯން ބޭނުން ކުރެވުނު ކަމަށް، ހޫޘީން ހާމަކޮށްފައި ވެއެވެ.

މިކަމާ ގުޅޭގޮތުން އެމެރިކާއިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

އެމެރިކާގެ ހަނގުރާމަމަތީ މަތިންދާ ބޯޓު އުފުލާ މަނަވަރަށް ހަމަލާ މިދިނީ، އެމެރިކާއިން ޔަމަނަށްދިން އުދުވާނީ ވައިގެ ހަމަލާތަކާ އެއްވަރުގެ ހަމަލާތަކަކުން ބަދަލު ހިފާނޭ ކަމަށް ހޫޘީން ވައުދުވިތާ މާ ގިނައިރެއް ނުވަނީހެވެ.

ހޫޘީންގެ ސިޔާސީ ގޮފިން ބުނެފައިވަނީ، އެމެރިކާއިން ޔަމަނަށް ވައިގެ ހަމަލާދީ ހިންގީ ބޮޑުވެގެންވާ ޖިނާއީ ޖަރީމާތަކެއް ކަމަށާއި، އެކަމުގެ ބަދަލު އެމެރިކާއަށް ނުލިބި ނުދާނޭ ކަމަށެވެ.

އެމެރިކާ ސިފައިން ޔަމަނަށް 170 އަށްވުރެ ގިނަ ވައިގެ ހަމަލާތައް ދީފައިވާއިރު، އެ ހަމަލާތަކުގައި 31 މީހަކު މަރުވެ ސަތޭކަ އެތައްބަޔަކު ޒަޚަމްވެފައި ވެއެވެ.

މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް، ހޫޘީ ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

ހޫޘީންގެ ވަރުގަދަ ހަމަލާތަކެއް އެމެރިކާގެ މަނަވަރަށް މި އަމާޒުވީ، ހޫޘީންގެ ހަމަލާދިނުމުގެ ގާބިލްކަން އެއްކޮށް ނެތެންދެން، ޔަމަނަށް ހަމަލާ ދޭނޭ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯއާއި، ދިފާއީ ވަޒީރު އިންޒާރު ދީފައި ވަނިކޮށެވެ.

ހޫޘީންގެ ތަރުޖަމާނު ވިދާޅުވީ، އެމެރިކާއިން ޔަމަނަށް ކިތަންމެ ހަމަލާއެއް ދިނަސް، ކޮންމެފަދަ ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނަސް، ޣައްޒާގެ އައްޑަނައެއްގެގޮތުގައި ހޫޘީން ދެމިތިބޭނޭ ކަމަށާއި، ޣައްޒާއަށް ކުރާ ތާއީދު ހުއްޓާނުލާނޭ ކަމަށެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay