logo

" 2013 ގައި އަޅުގަނޑުމެންގެ ވެރިކަން ރަޢީސް ނަޝީދަށް ހޯދައިދިނުމަށްޓަކައި އަޅުގަނޑުގެ ޗެއަރ ޕަރސަންކަމުގެ ދަށުން ދަރުރުނުކުރާ އެއްވެސް ރަށެއް ނޯންނާނެ " ރީކޯ މޫސަ

profile

ޔޫޝައު ހަސަން - 23 ޑިސެމްބަރު 2022 - 07:13

ރީކޯ މޫސާމަނިކު ރައްޔިތުންގެ މަޖްލީހުގައި

ރީކޯ މޫސާމަނިކު ރައްޔިތުންގެ މަޖްލީހުގައި

2023 ގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ގެނައުމަށްޓަކައި ކަނޑުފަޅު ފީނަން ޖެހުނުކަމުގައި ވިޔަސް އެކަން ކުރުމަށް މިހުރީ ތައްޔާރަށްކަމުގައި ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މީގެ ކުރިން ވެރިކަންކުރާ ޕާޓީ، އެމް.ޑީ.ޕީ ގެ ޗެއަރ ޕަރސަންގެ މަޤާމުވެސް ފުރުއްވި މޫސާ މަނިކު މިހެން ވިދާޅުވީ ރައީސް ޞާލިޙުގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން ފެށުމުގެ ގޮތުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

" މީގެ ކުރިން 2013 ގައިވެސް އަޅުގަނޑުމެންގެ ވެރިކަން ރަޢީސް ނަޝީދަށް ހޯދައިދިނުމަށްޓަކައި ރާއްޖޭގައި ނޯންނާނެ ގަދަޔާއި އޮޔާއި ވައިގައި އަޅުގަނޑު ޗެއަރޕަރސަންކަމުގައި ހުރެ ދަތުރު ނުކުރާ އެއްވެސް ރަށެއް " ރީކޯ މޫސަ

މީގެ އިތުރުންވެސް އޭނަ ވިދާޅުވީ، މިއަދުވެސް މިހުރީ ހަމަ އެ ރޫޙުގައި ކަމުގައްޔާއި، ޕާޓީގެ މެމްބަރުންނަން އެ ޔަޤީކަން އޮތްކަމުގައި ވާނަމަ މާތް ﷲގެ އިރާދަފުޅާއެކު 2023 ގައި ދިވެހިރާއްޖޭގެ ވެރިކަމަށް ރަޢީސް އިބްރާހިމް މުޙައްމަދު ޞާލިހު ހޮވާނެކަމުގައެވެ. އަދި މިއީ އޭނާ އެމް.ޑީ.ޕީއަށްޓަކައި ކުރާމަސައްކަތެއް ކަމުގައި ފާހަގަކުރެއްވިއެވެ.

އެމް.ޑީ.ޕީ ގެ ފަރާތުން 2023 ގެ ރިޔާސީ ރޭހުގައި ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމުގެ ގޮތުން ޕްރައިމަރީއެއް ބޭއްވުމަށް ތައްޔާރުވަމުންދާ މިދަނޑިވަޅުގައި މި ޕްރައިމަރީއަށް އެމް.ޑީ.ޕީގެ އެތެރޭގެ ވާދަވެރިމަގެ ރޫޙު އުތުރެމުންދާކަން ފާހަގަ ކުރެވެއެވެ.

އެ ޕާޓީގެ ރަޢީސް މުޙައްމަދު ނަޝީދުވެސް މި ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި ނަން ހުށަހަޅާއިފައިވާއިރު މި ޕްރައިމަރީ ވެގެންދާނީ، 2008 ގެ ރިޔާސީ އިންތިޚާބަށްފަހު ރާއްޖޭގެ ސިޔާސީ މަސްރަޙަށް އެންމެ ބޮޑު ގުޑުމެއް ގެނުވާނެ އެއް ޕްރައިމަރީއަށްކަން ފާހަގަކުރެވެއެވެ.

https://etukuri.mv/
tel:+9607331319