އެމްޑީޕީއަށްޓަކައި ގައިން ދޮޅު ލީޓަރު ލޭ އޮހޮރާލިން - ރީކޯ
އަހުމަދު ޒަލީފު - 22 ޑިސެމްބަރު 2022 - 20:05
ރީކޯ މޫސަ —
އެމްޑީޕީ އަކީ ވަރަށް ގިނަ މީހުންގެ ޤުރުބާނީން ވުޖޫދު ކުރި ޕާޓީއެއް ކަމަށާއި ނަމަވެސް އެކަން ޕާޓީން ތެރެއިން މިހާރު ފެނިގެން ނުދާކަމަށް ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހުގެ ރިޔާސީ ޕްރައިމަރީ ކެެމްޕެއިން ފެށުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާއެއްގައި ރީކޯ ވަނީ އެމްޑީޕީގެ ހުރިހާ މެމްބަރުން އެއްބައިވެ މަސައްކަތް ކުރުމަށް އިލްތިމާޞްކޮށްފައެވެ.
“ކިތަންމެ ހިތް ހަމަ ނުޖެހުނަސް އަޅުގަނޑުމެން ހުންނާނެ ކުދި ދޮރުތަކުގައި ވަކިން ތިބެގެން ދެކެވޭނެ ވާހަކަ. މިއީ މި ޕާޓީއަށް އަޅުގަނޑު ދެވަނަ ފަހަރަށް އައިސް މަސައްކަތް ކުރަން ފެށި ބޭނުމަކީ. އަޅުގަނޑުމެން ހުންނާނެ ކުރީގަ ޕްރައިމަރީ ހިންގާފަ. ދުވަހަކުވެސް އެކަކު އަނެކަކު ކަރަށް އަތްލާ އެކަކު އަނެއްކަމަށް ހަޑި ހުތުރު އެއްޗެހި ގޮވާ ހަމައަކަށް އަޅުގަނޑުމެން ނުދަން. މި ޕާޓީއަށް އަޅުގަނޑަށް ވުރެ ބޮޑު ޤުރުބާނީ ވި މީހަކު އެކަކަށް ބަލައިފިއްޔާމު މަދެއް ނުވާނެ. އަޅުގަނޑު ނޫނީ ނުހުންނާނެ ގައިން ދޮޅު ލީޓަރު ލޭ މި ޤައުމަށްޓަކައި މި ޕާޓީއަށް ޓަކައި އަޅުގަނޑު ހޭދަ ކުރި މީހެއް އަނިޔާކޮށްގެން” ރީކޯ ވިދާޅުވިއެވެ.
ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީ ބައިބައި ކުރަން ޖާގައެއް ނުދޭނެ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެފައިވާއިރު، ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ، އަދި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ އެމްޑީޕީއަށް ވެރިކަން މި ލިބުނީ ދެވަނަ ފަހަރަށެވެ. އެކަމަކު، 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި އެޕާޓީގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް އުފެދި، ބައިބައިވެފައެވެ.
އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންނާއި، ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުންގެ މެދުގައި ދޭތެރެ ދޭތެރެއަކުން ހިޔާލުތަފާތުވެ، އަރައިރުންވެއެވެ.
ރީކޯ މޫސަ އެމްޑީޕީއަށް ސޮއި ކުރީ ރިޔާސީގަނޑުވަރު މުލީއާގޭގައި މިދިޔަ މަހުގެ 8 ވަނަ ދުވަހު އޮތް ހަފްލާއެއްގައެވެ. ރީކޯ މޫސަ އެމްޑީޕީއަށް ސޮއި ކުރަން ބޭއްވި ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އިކޮނަމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ބައިވެރިވަ ވަޑައިގެންނެވިއެވެ. ރީކޯ މޫސަގެ ފޯމާއި ހަވާލުވީ ފައްޔާޒް އެވެ.
ރީކޯ މޫސަ އެމްޑީޕީއަށް ސޮއި ކުރަން ބޭއްވި ހަފްލާގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަން ވެސް ކުރިން ކޮށްފައިވާ ރީކޯ މޫސަ އެމްޑީޕީން ވަކިކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަހްމަދު ފާއިޒް ވަކިކުރަން ވޯޓް ދެއްވުމުން އެމައްސަލަ ބެލުމަށް ފަހު 2014 ވަނަ އަހަރު އެވެ. އޭރު އެމްޑީޕީން ނިންމީ ރީކޯ މޫސަ އަށް އަލުން އެމްޑީޕިއަށް ވަދެވޭނީ 50 މެންބަރުންގެ ސޮޔާއި އެކުގައި ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް
ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން
ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން
"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން
ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން