logo

"ރައީސް ނަޝީދު ކުރައްވާ ގޮތަށް މި ސަރުކާރުން ރިއެކްޓެއް ނުކުރާނެ"

profile

އަހުމަދު ޒަލީފު - 31 ޑިސެމްބަރު 2022 - 08:17

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)

ރައީސް ސޯލިހަކީ ވެރިކަމުގައި ހުންނަވައިގެން ރިއެކްޓް ނުކުރައްވާ ބޭފުޅެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަދުން ހުސައިން) އެމަނިކުފާނަށް ރައްދުދެއްވައިފިއެވެ.

https://wamco.com.mv/

އަޅުގަނޑުމެން އެއް ދުވަހު ނިދާ ހޭލިއިރު މުޅި ކެބިނެޓް މުލިއާގެއަށް ގެނެސްގެން އިސްތިއުފާ ދިނީ. އެކަހަލަ ރިއެކްޓެއް މި ސަރުކާރުން ނުކުރާނެ،" ހުސެއިން ވިދާޅުވިއެވެ.

ހުސެއިން ވިދާޅުވީ، އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގެއްލުވާލަން ކަމަށެވެ.

"އަޅުގަނޑަކީ މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ ނައިބު މުގައްރިރުކަމުން އޮޅުން ފިލާފައިވާ މައުލޫމާތަކީ މޯލްޑިވްސް ޑިފެންސް ފޯސުން ދިވެހިރާއްޖޭގެ ރައީސުލްޖުމުހުރިއްޔާއަށް ސެކިއުރިޓީ ބްރީފިންނާ ގައުމީ ސަލާމަތާ ބެހޭ ކަންކަން އެ އަރުވަން އޮންނަ އުސޫލަކުން އަރުވަމުން ގެންދާނެކަން، ވެރިކަން ވެއްޓޭ ވާހަކަ ނޭނގި އޮންނާނެކަން ނުދެކެން، ކޮބައިތޯ ރިއެކްޝަނަށް އައި ކަމަކީ ވެރިކަން ވެއްޓުނީ" އަނދުން ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރުގެ ރައީސުލްޖުމުހުރިއްޔާ އެފަދައިން ރިއެކްޓް ނުކުރައްވާމެކަމަށާއި އެމަނިކުފާނު ކަންކަމުގައި އަމަލު ކުރައްވަނީ އެންމެ ރަނގަޅަށް ކަމަށެވެ.

އަނދުން ހުސައިން ތުހުމަތު ކުރެއްވި ގޮތުގައި 2012 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ގެއްލުނީ ރައިސް ނަޝީދުގެ އަމަލުތަކުގެ ސަބަބުންނެވެ.

https://etukuri.mv/
tel:+9607331319