ިމިއީ ސިޔާސީ މެޑެލް ޖަހަން އޮތް ވަގުތެއްނޫން: މެމްބަރު އިސްމާއިލް ނިޒާރު
އާމިނަތު ޝަފާ - 27 ޖޫން 2024 - 06:34
ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު
މިވަގުތަކީ އެއްވެސް ބަޔަކު ސިޔާސީ މެޑެލްޖަހަން އޮތް ވަގުތެއް ނޫންކަމަށް ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު
ވިދާޅުވެއްޖެއެެވެ.
މެމްބަރު މފަދައިން ވިދާޅުވީ ޕީއެންސީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ސަރުކާރަކީ ނިމިދިޔަ ސަރުކާރާ މި ސަރުކާރާ އަޅައި ނުކިޔޭނެ ކަމަށާއި މި ސަރުކާރަކީ ރައްޔިތުންނައްޓަކައި މަސައްކަތެއް ކުރަން އައި އިހުލާސްތެރި ސަރުކާރެއް ކަމަށް މެމްބަރު ވިދާޅުވިއެވެ
މަސްވެރިންނަށް ފައިސާ ނުލިބޭތީ އެސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރަމުން އަންނަ މުޒާހަރާއާ ގުޅިގެން މެމްބަރު ވިދާޅުވީ މި ސަރުކާރަކީ މަސްވެރިން ނޫނަސް އެހެން ސިނާއަތްތަކުގައި މަސައްކަތް ކުރާ މަސައްކަތްތެރިންގެވެސް އަޑު އަހާނެ ސަރުކާރެއް ކަމަށާއި އެކަމަކަށް ގެނެވެން އޮތް އެންމެ އަވަސް ހައްލެއް ގެންނާނެ ކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށެވެ.
ގައުމު މިއޮތް ހާލަތުން އަރައިގަންނަން މަސައްކަތް ކުރަންޖެހޭ. މިއީ ސިޔާސީ ވާހަކަދައްކަން އޮތް ވަގުތެއްނޫން. އެންމެ ގުޅިގެން މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރަންޖެހޭ. ސަރުކާރަށް ބިނާކުރަނިވި ފާޑުކިޔާ. އެކަން ބަލައިގަންނާނަން.
އިގްތިސާދު ނަގާ ކޮޅަށް ޖަހަން ވަގުތު ނަގާނެ ކަމަސް ވިދާޅުވެ މެމްބަރު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރައްވަމުން ދަނީ ފައިސާ ޗާޕުނުކޮށް ލިބޭ އެއްޗަކުން ކުރިއަށް ދިއުމަށް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން