logo
މިރޭ ކުރިއަށްދާ އެމްޑީޕީ ގައުމީ މަޖިލިސްގެ ޖަލްސާ --- ފޮޓޯ: އެމްޑީޕީ

މިރޭ ކުރިއަށްދާ އެމްޑީޕީ ގައުމީ މަޖިލިސްގެ ޖަލްސާ --- ފޮޓޯ: އެމްޑީޕީ

ރިޔާސީ ޕްރައިމަރީ އިންސާފުވެރިވާނެ ކަމަށް އަދިވެސް ޤަބޫލެއް ނުކުރަން ކަމަށް މެދު ހެންވާރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ

profile

އަހުމަދު ޔައީޝް - 26 ޑިސެމްބަރު 2022 - 16:56

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީ އިންސާފުވެރިވާނެ ކަމަށް އަދިވެސް ޤަބޫލެއް ނުކުރަން ކަމަށް މެދު ހެންވާރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިހާރު ކުރިއަށްދާ އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރުކަންވެސް ކުރައްވާފައިވާ އަލީ އާޒިމް ވިދާޅުވީ، ކަންކަން ބޮޑުކޮށް އުނދަގޫކޮށް ގެންދަން އެމްޑީޕީގެ ޗެއަރޕާސަން މަސައްކަތްކުރައްވާ ކަމަށާއި، އެހެން ނަމަވެސް އިންސާފުވެރިކޮށް ކަންކަން ކުރުމަށް އެދޭ ކަމަށެވެ.

މިރޭގެ ބައްދަލުވުމުގައި މައްސަލަ ހޫނުވެ ރިޔާސަތުގައި އިންނެވި ޗެއަރޕާސަން ފައްޔާޒް އިސްމާއީލާއި ރައީސް ނަޝީދު އަށް ތާއީދުކުރައްވާ މެމްބަރުންނާމެދު ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކުރައްވާފައެވެ.

އެގޮތުން، ގައުމީ މަޖިލިސްގައި ވާހަކަ ދެއްކުމުގެ ފުރުސަތު ނުލިބޭ ކަމަށާއި، އެމްޑީޕީ ގައުމީ މަޖިލިސްގެ ވަޓްސް އެޕް ގުރޫޕުގައި ވެސް ވާހަކަ ނުދެއްކޭ ގޮތަށް ހަދާފައިވާ ކަމަށެވެ.

މިރޭ ކުރިއަށްދާ ގައުމީ މަޖިލިސް ބައްދަލުވުމުގައި ކުރިއަށްދިޔައީ ރިޔާސީ ޕްރައިމަރީ އާއި ގުޅިގެން ފަސް މެމްބަރުންގެ ކޮމިޓީއެއް ނެގުމާއި ގުޅޭގޮތުންނެވެ.

ރައީސް ނަޝީދުގެ ފެކްޝަންގެ ފަރާތުން ކޮމިޓީ ނެގުމަށް ހުށަހެޅީ ދެ ކެނޑިޑޭޓުންގެ ފަރާތުން ދެ މީހަކާއި އެންމެންގެ ތެރެއިން މެޖޯރިޓީން ނަގާ އެއް މެމްބަރުންގެ މައްޗަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay