
އައިޑީކާޑު ފަރުމާކުރުމަށް ހޮވުނު އެންކްރިއާ އާއެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން
އާ އައިޑީކާޑު ފަރުމާކޮށްގެން އެއް ވަނަ ފަރާތަކަށް އެންކްރިއާ!

ޔޫޝައު ހަސަން - 11 މާރިޗު 2023 - 04:57
މިހާރު ބޭނުން ކުރަމުން އަންނަ އައިޑީކާޑަށް ބަދަލު ގެނައުމަށްޓަކައި އައު އައިޑީ ކާޑެއްގެ ނަމޫނާ ފަރުމާކުރުމަށް ހުޅުވާލި ފުރުސަތުގައި ކާޑު ފަރުމާކޮށްގެން އެއްވަނަ ފަރާތެއްގެ ގޮތުގައި އެންކްރިއާ ހޮވިއްޖެއެވެ.
ޑީއެންއާރް އިން 2022 ވަނަ އަހަރު ޖޫން މަހުގެ 27 ވަނަ ދުވަހު ކުރި އިއުލާނުގައި ވަނީ މިހާރު ބޭނުންކުރާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިން ބަދަލުކޮށް ސަލާމަތީގޮތުން ފުރިހަމަ އިތުބާރާ ޔަގީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާރސްތަކާއިއެކު ސްމާޓް އައިޑީ ކާޑެއް ތައާރަފުކުރުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.
އެހެންކަމުން މިކާޑު ފަރުމާކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލް އެ ޑިޕަރޓްމަންޓަސް ހުށަހެޅުމަށް ވަނީ ހުޅުވާލައިފައެވެ.
އައިޑީކާޑު ފަރުމާ ކުރާނެ ފަރާތެއް ހޮވާނީ އެފަރާތުގެ ފަންނީ ގާބިލުކަމާއި ހުށަހަޅާ ކޮންސެޕްޓްގެ ފުރިހަމަކަމަށް ބެލުމަށްފަހު ގައި ކަމަށްވެސް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ކުރި އިއުލާނު ގައި ބުނެފައިވެއެވެ.
200،000 ރުފިޔާގެ އިނާމަކާއެކު އައިޑީކާޑު ފަރުމާކުރާނެ ފަރާތެއް ހޮވުމަށް ހުޅުވާލި ފުރުސަތުން މިހާރު ޑީއެންއާރް އިން ވަނީ އައިޑކާޑު ފަރުމާ ކުރާނެ ފަރާތެއް ހޯވައިފައެވެ.
ޑީއެންއާރް އިން ފޭސްބުކްގައި ކުރި ޕޯސްޓޭއްގައި ބުނެފައި ވަނީ އައިޑީކާޑު ފަރުމާ ކުރުމަށް ކުރި އިއުލާނާ ގުޅިގެން އެއް ވަނައަށް ހޮވުނު ފަރާތް ކަމުގައިވާ "އެންކްރިއާ ޕްރައިވެޓް ލިމިޓެޑް" އާއެކު އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން