
ހުޅުމާލޭގައި ބޭއްވި ރައީސްގެ ކެމްޕެއިން ބައްދަލުވުމުގެ ތެރެއިން
މާލެއަށް ރައީސްގެ ވަޢުދު: ތޮއްޖެހުނަނުދީ ހަމަނޭވާލެވޭ ވަރު ކޮށްދިނުން!

އަހުމަދު ޒަލީފު - 11 ޖެނުއަރީ 2023 - 16:47
ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ހުޅުމާލެއަށް ވަޑައިގެން އެމަނިކުފާނުގެ ކެމްޕެއިން ޓީމުތަކާއި ހުޅުމާލޭގައި ދިރިއުޅޭ އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކޮށް އެމަނިކުފާނުގެ ސިޔާސަތުތައް ހާމަކުރައްވަމުން ގެންދަވާއިރު، މާލޭގެ ރައްޔިތުންނަށް ވެވަޑައިގަންނަވާ އެންމެ ބޮޑު ވަޢުދަކީ ރަނގަޅު ބޯހިޔާވަހިކަމެއް ހޯދައިދިނުމެވެ.
ހުޅުމާލޭގައި ބޭއްވި ރައީސްގެ ކެމްޕެއިން ބައްދަލުވުމުގެ ތެރެއިން
އެގޮތުން ވޭތުވެ ދިޔަ އެއްވެސް ސަރުކާރުން ނުހިންގާ ވަރުގެ ހައުސިންގ މަޝްރޫޢެއް މާލޭގައި ހިންގަމުން ގެންދާކަމަށް ރައީސް ސޯލިހު މިރޭ ވިދާޅުވިއެވެ.
މާލެ ތޮއްޖެހިއްޖެ. މާލޭގައި ހިނގާބިނގާވެ އުޅެވޭކަށް ނެތް. މާލޭގައި ނޭވާ ލެވޭކަށްނެތް. އެހެން މިކަން ދިމާވީ ވަކި ކަމެއް ހާޞިލްކުރުމަށްޓަކައި ދުރުރާސްތާ ޕްލޭނެެއް ނެތި ކަންކަން ކުރުން. މާލެ އަށް ހަމަޖެހުން އަންނާނީ މާލެއަށް މީހުން ހިިޖުރަކުރުން މަދުކޮށްގެން. އަޅުގަނޑުމެން މި ކުރަނީ އެ މަސައްކަތް. ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަސައްކަތް - ރައީސް
ހުޅުމާލޭގައި ބޭއްވި ރައީސްގެ ކެމްޕެއިން ބައްދަލުވުމުގެ ތެރެއިން
މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން ދޭން ވަޢުދުވެފައިވާ 5000 ގޯތި ކަނޑާ، އިން ވަކިކޮށް މިއަހަރުގެ މެދުތެރޭގައި ޙަވާލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވިދާޅުވެފައެވެ.
މާލޭ ސަރަޙައްދުގައި އެކަނި 8782 ފްލެޓާއި 5000 ގޯތި ދިނުމުގެ އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ އެ ދަނީ ކުރިއަށް. މިއަހަރުގެ މެދުތެރެއަށް އަންނައިރު މާލޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ވީ ވަޢުދާއެއްގޮތަށް 5000 ގޯތި ކަނޑާ، އިން ވަކިކޮށް އަޅުގަނޑުމެން ޙަވާލުކުރާނަން - ރައީސް
ގުޅީފަޅުގެ އެއް ބައި ހިއްކައި ނިންމާފައިވާ ކަމަށާއި ދެވަނަ ބައި ހިއްކުމަށް ބޮސްކާލިސް ކުންފުންޏާއެކުގައި ފަހުގެ ނިންމުންތައް ނިންމަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި މަސައްކަތް ކުރުމަށް އެއްބަސްވުމެއް ހަދައި ސޮއިކޮށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ހުޅުމާލޭގައި ބޭއްވި ރައީސްގެ ކެމްޕެއިން ބައްދަލުވުމުގެ ތެރެއިން
ގިރާވަރު ފަޅުގެ އަމަލީ މަސައްކަތް ނިމެމުންދާ ތަން ތިޔަބޭފުޅުންނަށް މި އަހަރުގެ މެދުތެރޭގައި ފެނިގެންދާނެ. މިއީކީ ހުވަފެނެއް ނޫން އެނގޭތޯ - ރައީސް
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީމާލޭގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ހިންގާ މި މަޝްރޫޢުތަކާއެކު މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއްލިބި، ހަމަނޭވާ ލެވޭނެ ގޮތް ހޯދައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
ހުޅުމާލޭގައި ބޭއްވި ރައީސްގެ ކެމްޕެއިން ބައްދަލުވުމުގެ ތެރެއިން
ތިބޭފުޅުން އަޅުގަނޑު މިދއްކާ ވާހަކަތައް ޤަބޫލުކުރައްވާ. މިއީ އޮޅުވާލައިގެން ވޯޓު ހޯދަން ދައްކާ ވާހަކަތަކެއްނޫން. މިކަމާ ވޯޓަކާ ގުޅުމެއް ނެތް. އިރާދަކުރެއްވިއްޔާ މިއަހަރުގެ މެދަކަށް އަންނައިރު އަޅުގަނޑު ވީ ވަޢުދާއި އެއްގޮތަށް މާލޭގެ ރައްޔިތުންނަށް ގޯތި ކަނޑައި ދޭނަން - ރައީސް
ގުޅުން ހުރި ޙަބަރުތައް

"ގެންދޭ" ފުރުސަތުގެ ނަސީބުވެރިން ހޮވައިފި
10 ގަޑިއިރު ކުރިން

ދުނިޔޭގެ ފަންނުވެރިންގެ ބޮޑު ސަމިޓެއް ރާއްޖޭގައި ބާއްވަނީ
18 ގަޑިއިރު ކުރިން

ޙަރަދު ކުޑަކުރަން ބަނގުލަދޭޥްގައި ވެސް ރަސްމީ ގަޑި ކުޑަކޮށްފި
18 ގަޑިއިރު ކުރިން

ހަނގުރާމައިގައި އީރާނުން ޔަހޫދީންގެ 6000 އަށްވުރެ ގިނަ މީހުން މަރައިފި
18 ގަޑިއިރު ކުރިން


.gif&w=3840&q=75)