logo

ޑޭޓާ ޝެއާރިންގއާ ގުޅޭގޮތުން ވޯލްޑް ބެންކާއި އެކު ބައްދަލުވުމެއް

profile

ޝުރުފާ މުހައްމަދު - 22 ސެޕްޓެމްބަރު 2024 - 12:18

ހޯމް މިނިސްޓްރީން ވޯލްޑް ބެންކާއި އެކު ބޭއްވި ބައްދަލުވުން--- ފޮޓޯ: ހޯމް މިނިސްޓްރީ

ހޯމް މިނިސްޓްރީން ވޯލްޑް ބެންކާއި އެކު ބޭއްވި ބައްދަލުވުން--- ފޮޓޯ: ހޯމް މިނިސްޓްރީ

ޑޭޓާ ޝެއަރިންގއާ ގުޅޭގޮތުން ދުނިޔޭގެ މަރުކަޒީ ބޭންކުގެ އިސްވެރިންނާ މަޝްވަރާކުރައްވައިފި އެވެ.

https://wamco.com.mv/

ހޯމް މިނިސްޓްރީގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވަޒީރު ޢަލީ އިޙްސާން އާއި ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތުގެ އިތުރުން ދުނިޔޭގެ މަރުކަޒީ ބޭންކުގެ ފަރާތުން ރާއްޖެ ވަޑައިގެން އުޅުއްވާ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވީ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް ރީ-ސްޓްރަކްޗަރކޮށްގެން ކުރިއަށްގެންދާނެ ގޮތާއި ޑޭޓާ ޕްރައިވަސީ އެންޑް ޑޭޓާ ޕްރޮޓެކްޝަންގެ ބިލާއި ސައިބާ ސެކިއުރިޓީ ބިލުގެ މުހިންމު ކަމުގެ މައްޗަށް ބިނާކޮށް މަޝްވަރާކުރެވުނު ކަމަށެވެ.

ދެން ކުރިއަށް އޮތީ ސްޓޭކްހޯލްޑަރުންނާއެކު ބިލުތައް މަޝްވަރާކުރުމުގެ މަސައްކަތްތައް ކުރުން. އެއީވެސް ވަރލްޑް ބޭންކުގެ އެހީގަ. ހިލޭ އެހީގެ ދަށުން އެކަންވެސް ކުރެވޭ ގޮތަށް އޮތީ. ޑޭޓަރ ޝެއަރިންގގެ މުހިންމު ކަމުގެ ވާހަކަވެސް ދެކެވުނު. ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު

ޑިޖިޓަލް މޯލްޑިވްސް އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ވޯލްޑް ބޭންކުން ދިން އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ.

17 ނޮވެމްބަރު 2023 ވަނަ ދުވަހު ސަރުކާރުގެ އިދާރާތަކަށް ގެނެވުނު ބަދަލާއިއެކު، ޓެކްނޯލޮޖީގެ މެންޑޭޓް މިނިސްޓްރީ އޮފް ހޯމެލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއަށް ބަދަލުކުރެވުމާއި ގުޅިގެން، 20 އޯގަސްޓް 2024ގައި ޑީމެޑް މަޝްރޫޢު ވަނީ ދާޚިލީ މިނިސްޓްރީއަށް ބަދަލުކޮށްފައެވެ.

ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑިވަރސިފިކޭޝަން (ޑީމެޑް) މަޝްރޫޢުއަކީ ވޯލްޑް ބޭންކްގެ 10 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުގެ ދަށުން އިޖްތިމާއި އަދި އިޤްތިސާދީގޮތުން އިތުރު ފުރުސަތުތައް ފަހި ކޮށްދިނުމަށްޓަކައި، އިންޓަރނެޓް ފަދަ މުވާސަލާތީ ވަސީލަތްތައް ރެގިއުލޭޓްކުރުމަށްޓަކައި ބޭނުންވާ ޤާނޫނީ އޮނިގަނޑާއި ޓެކްނިކަލް ސެޓްއަޕް ޤާއިމްކުރުމާއި، މި މަސައްކަތް ކުރަމުންދާ ދައުލަތުގެ މުވައްސަސާތަކުގެ ޓެކްނިކަލް ކެޕޭސިޓީ އިތުރުކުރުން ހިމެނެއެވެ.

އަދި ޒަމާނީ ޑިޖިޓަލް ޓެކްނޯލޮޖީ ބޭނުންކޮށްގެން ސަރުކާރުގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ޓަކައި ޑިޖިޓަލް އައިޑީގެ ނިޒާމާއި ޤާއިމްކުރުމާއި މޫސުމީ ޑާޓާ އަކީ ސިޔާސަތުތައް ކަނޑައެޅުމުގައި ބޭނުންކުރެވޭ ވަސީލަތަކަށް ހެދުމަށްޓަކައި ޑިޖިޓަލް ޓެކްނޯލޮޖީ ބޭނުންކޮށްގެން މޫސުމީ އަދި ތިމާވެއްޓައް އަންނަ ބަދަލުތަކުގެ ޑާޓާ ނަގާ، ރައްކާކުރެވޭ ނިޒާމެއް ޤާއިމްކުރުންވެސް ހިމެނެއެވެ.

މި މަޝްރޫއުގެ ސްޓޭކްހޯލްޑަރުންނަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ އިތުުރުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއެވެ.

https://etukuri.mv/
tel:+9607331319