logo

ސޭމިއުލް ޖެކްސަން އަށް ހާއްސަ ޝަރަފެއް އަރުވަނީ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 25 ސެޕްޓެމްބަރު 2024 - 15:51

ސޭމިއުލް ޖެކްސަން

ސޭމިއުލް ޖެކްސަން

ހޮލީވުޑްގެ މަޝްހޫރު ތަރި ސޭމިއުލް އެލް ޖެކްސަން އަށް މިއުޒިއަމް އޮފް މޮޑާން އާޓްސްގައި ބާއްވާ ފިލްމް ބެނިފިޓުގައި ހާއްސަ ޝަރަފެއް ދިނުމަށް ނިންމައިފި އެވެ.

https://wamco.com.mv/

މި ޝަރަފު ސޭމިއުލް އަށް އަރުވާނީ އަންނަ އޮކްޓޯބަރު 23 ގައި އެމެރިކާގެ ނިއުޔޯކް ސިޓީގައި ކޮންމެ އަހަރަކުވެސް ބާއްވާ ފިލްމު ބެނިފިޓުގަ އެވެ.

މި ޝަރަފު އެރުވުމުގެ އިތުރުން ސޭމިއުލްއަށް ހާއްސަ ޓްރިބިއުޓެއް ދިނުމަށް ވެސް ނިންމާފައިވެ އެވެ.

ޖުމްލަ 150 ފިލްމު ކުޅެފައިވާ އުމުރުން 75 އަހަރުގެ ސޭމިއުލްގެ ފިލްމުތަކަށް ވަނީ އެތައް ބައެއްގެ ސަމާލުކަން ލިބިފަ އެވެ. އޭނާއަކީ މީގެކުރިން އެކެޑެމީ އެވޯޑް ނޮމިނޭޝަންއަކާއި، ހޮނަރަރީ އެކެޑަމީ އެވޯޑަކާއި ދެ ޓޯނީ އެވޯޑާއި އެމީ އެވޯޑެއްގެ އިތުރުން ވެސް ގިނަ ކާމިޔާބު ހޯއްދަވާފަ އެވެ.

ސޭމިއުލްގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ޗޭންޖިން ލޭންސް، 187، ކެޕްޓަން މާވެލް، އަދި އޭނާގެ އެންމެ ފަހު ފިލްމު ދަ ޕިއާނޯ ލެސަން ހިމެނެ އެވެ.

މި ބެނިފިޓް އިންތިޒާމު ކުރަނީ މަޝްހޫރު ލަގްޒަރީ ބްރޭންޑް ޗެނަލްގެ ފަރާތުން ނެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay