ސިޔާސީ ގޮތުން ވަޒީފާއިން ވަކިކުރާކަމަށް ބުނެފި
އާމިނަތު ޝަފާ - 24 ސެޕްޓެމްބަރު 2024 - 05:49
އެމްޑީޕީގެ ބައްދަލުވުމުގެ ތެރެއިން
މި ސަރުކާރުން ސިޔާސީ ގޮތުން މީހުން ވަޒީފާއިން ވަކިކުރާކަމަށްބުނެ އަނެއްކާވެސް އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ ސަރުކާރުގެ ކުންފުނިތަކާއި، ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ސަރުކާރަށް ނުވަތަ ރައީސް މުއިއްޒަށް ތާއީދުނުކުރާ މުވައްޒަފުންނަށް ސިޔާސީ ގޮތުން ބިރުދައްކައި، ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާތަކުން ވަކިކުރަމުންދާތީ އެކަމުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގައި އެ މުވައްޒަފުންނަށް އެހީތެރިވުމަށް އެމްޑީޕީން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން، ސިޔާސީ ގޮތުން ވަޒީފާއިން ވަކިކުރެވޭ ނުވަތަ ސިޔާސީ ސަބަބުތަކަށްޓަކައި ފިޔަވަޅު އެޅޭ މުވައްްޒަފުންގެ ތެރެއިން އެމްޑީޕީގެ ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެކަން އެ ޕާޓީއަށް އެންގުމަށް އެމްޑީޕީންވަނީ އިލްތިމާސް ކޮށްފައެވެ.
ސަރުކާރު ވެރިކަމާ ހަވާލުވީންސުރެ އެމްޑީޕީން އަންނަނީ މި ސަރުކާރުން އުސޫލުން ބޭރުން ސަރުކާރު މުވައްޒަފުން ވަކިކުރާކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.
މިކަން ފެށިފައިވަނީ ފެނަކައާއި އާރްޑީސީއަށް އެމްޑީޕީ ސަރުކާރުގައި ކޮންޓްރެކްޓް އުސޫލުން ނަގާފައިތިބި މުވައްޒަފުންގެ ކޮންޓްރެކްޓް އައު ނުކުރަން ނިންމުމާ ގުޅިގެންނެވެ.
އެމްޑީޕީގެ ވިސްނުމުގައި އެއީ މުވައްޒަފުން ވަކިކުރުންކަމަށް ބަލާފައިވިޔަސް ގިނަ ފަރާތްތަކުން ބުނަމުން އަންނަނީ ކޮންޓްރެކްޓް މުވައްޒަފުންގެ ވަޒީފާގެ މުއްދަތު ހަމަވުމުން އެމީހުން ދޫކޮށްލުމަކީ ވަޒީފާއިން އެމީހުން ވަކިކުރުން ނޫންކަމަށެވެ.
އަދި މިއީ ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ވިސްނުމުގެ ދަށުން ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއްކަމަށް އެފަރާތްތަކުން ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން