logo

ރައީސް ޔާމީންގެ ޝަރީއަތުގެ މަޖިލިސް ނިންމާލައިފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 16 ސެޕްޓެމްބަރު 2024 - 09:52

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ކުރިއަށްދަނީ

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ކުރިއަށްދަނީ

ޝަރީއަތުގެ މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކުގައި، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ މައުޟުއާއި، ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެވިފައިވާ މައްސަލައިގެ މައުޟޫއާ ކުޑަ އަރާރުމެއް އުޅޭކަމަށް ފާހަގަވާތީ، ޝަރީއަތުގެ އިތުރު އަޑުއެހުމެއް ބާއްވާނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެވިފައިވާ މައްސަލައަށް ގޮތެއް ނިންމުމުން ކަމުގައި ވިދާޅުވެ ފަނޑިޔާރުވަނީ މިއަދުގެ އަޑުއެހުން ނިންމަވާލައްވާފައި

10:25:00

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް، ކްރިމިނަލް ކޯޓުން އަލުން ބަލަން ފެށި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ފަށައިފި އެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތްތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ކުރީ ރިޝްވަތުގެ ކުށަށް ހަތަރު އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން މަނީ ލޯންޑްރިންގެ ކުށަށް 5 މިލިއަން ރުފިޔާގެ ޖޫރިމަނާ އާ އެކު 7 އަހަރުގެ ޖަލު ހުކުމެކެވެ.

ކްރިމިނަލް ކޯޓުގެ އެ ނިންމުން ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރުމުން، މިދިޔަ އޭޕްރިލް މަހު ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ހުކުމް ކުރި އެވެ. އެއާއެކު ޖަލު ހުކުމުން ސަލާމަތްވެވަޑައިގެން އެމަނިކުފާނު މިހާރު ހުންނެވީ މިނިވަނެއްގެ ގޮތުގަ އެވެ.

ހައިކޯޓުން އެންގި އެންގުމާ އެއްގޮތަށް ކްރިމިނަލް ކޯޓުން އެ މައްސަލަ އަލުން ބަލަން ފަށައި، އަޑުއެހުމެއް އެންމެ ފުރަތަމަ ބޭއްވީ މިދިޔަ މަހުގެ 21 ގަ އެވެ. އެ ޝަރީއަތް ލައިވްކޮށް ކުރިއަށްގެންދަނީ އެ އަޑުއެހުމުގައި ޔާމީންގެ ފަރާތުން އެގޮތަށް އެދިވަޑައިގެންނެވުމުން ނެވެ.

މިއަދުގެ އަޑުއެހުން ހެނދުނު 09:00 އަށް ތާވަލުކުރި ނަމަވެސް، ޓެކްނިކަލް މައްސަލަތަކާ ގުޅިގެން އެ އަޑުއެހުން ފަށާފައިވަނީ އޭގެ ގާތްގަނޑަކަށް 40 މިނެޓު ފަހުންނެވެ. އެ އަޑުއެހުމުގައި އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ބައި ކުރިއަށް ގެންދިއުމެވެ.

tel:+9607331319