logo
ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދާ ހައްޔަރުކުރުން / ފޮޓޯ: އިމިގްރޭޝަން

ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދާ ހައްޔަރުކުރުން / ފޮޓޯ: އިމިގްރޭޝަން

ޤަވާޢިދާއި ޚިލާފަށް އުޅެމުންދާ އިތުރު 35 ބިދޭސީއަކު އަނެއްކާވެސް ހައްޔަރަށް

profile

އައިޝަތު އިބްރާހިމް - 01 ޖޫން 2025 - 06:01

މާލެ ސިޓީ ދެ ޞަރަޙައްދެއް ބަލާފާސްކޮށް، ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ 35 ބިދޭސީން ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ނު ޤަވާޢިދުން އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް މާލެ ޞަރަޙައްދުގައި ޚާއްޞަ އޮޕަރޭޝަނެއް ކަމާގުޅުންހުރި ޢިދާރާތަކުން އަންނަނީ ހިންގަމުންނެވެ.

އިމިގްރޭޝަނުން ވިދާޅުވީ އިއްޔެ ހެނދުނު 7:30 އިން ފެށިގެން 9:15 އާ ހަމައަށް ޓާސްކް ފޯސްއިން ވާނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އާންމުކޮށް އެއްވެ އުޅޭ ދެ ސަރަހައްދެއްކަމުގައިވާ ޒިކުރާ މިސްކިތް ސަރަހައްދާއި ހީނާމާގެ ޕާކިން ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.

އެގޮތުން އިމިގްރޭޝަނުން ބުނެފައިވަނީ، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯސްއިން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ދަށުން އިއްޔެ ހެނދުނު 7:30 އިން ފެށިގެން 9:15 އާއި ހަމައަށް ޓާސްކް ފޯސްއިން ވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އާންމުކޮށް އެއްވެއުޅޭ ދެ ޞަރަޙައްދެއް ކަމުގައިވާ ޒިކުރާ މިސްކިތް ޞަރަޙައްދާއި ހީނާމާގެ ޕާކިންގ ޞަރަޙައްދުގައި ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.

މި އޮޕަރޭޝަނުގައި ޖުމްލަ 121 ބިދޭސީން ބަލައި ފާސްކޮށް، މީގެތެރެއިން ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 35 ބިދޭސީން ވަނީ އިއްޔެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ދަށުން މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭވެސް ވަނީ 2 ތަނެއް ބަލައި ފާސްކޮށްފައެވެ.

އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންގައި ޖުމަލް 102 ބިދޭސީން ޗެކްކޮށްފައިވާ ކަމަށެވެ.

އެގޮތުން، ހެންވޭރުގައި ހުންނަ ގެއަކުން 7 ބިދޭސީންނާއި، މާފަންނު ހަވީރީ ގޯޅީގައި ހުންނަ ބިދޭސީން ދިރިއުޅެމުންދިޔަ ތަނަކުން 18 ބިދޭސީންނާއެކު ޖުމްލަ 25 ބިދޭސީން ވަނީ ސައްޚަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅެމުންދިޔުމުގެ ސަބަބުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

undefinedޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދާ ހައްޔަރުކުރުން / ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފަށާފައިވާއިރު، ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް އަންނަނީ ހިންގަމުންނެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ސަރުކާރުން ވަނީ ފުޅާކޮށްފައެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ޖުމްލަ ޙައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.

https://wamco.com.mv/
https://www.aslu.com.mv