
ރައީސް ޖަވާބުދާރީވަނީ ސީދާ ރައްޔިތުންގެ ގާތަށް ވަޑައިގެން: އަލީ އާރިފް

މުހައްމަދު މުޝްރިފް - 11 ފެބްރުއަރީ 2026 - 07:58
ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
މިނިސްޓަރު އަލީ އާރިފް މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވަން ވޯޓު ދިނުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކަމުގައި އާދަޔާ ޚިލާފު ނަމޫނާއެއް ދައްކަވާފައި ކަމަށެވެ. އެގޮތުން، އެހެން ބަޔަކު ސަރުކާރު ޖަވާބުދާރީ ކުރުވަންދެން ރައީސް މަޑުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ނޫން ނޫން، އެހެން މީހަކު އެކަން ކުރޭތޯ ބަލާކަށް ރައީސް މުޢިއްޒު މަޑެއް ނުކުރައްވާ. ވަޒީރުންނާއި އެމްޑީން ގޮވައިގެން ރާއްޖޭގެ ހުރިހާ ރައްޔިތުން ގާތަށް ސީދާ ވަޑައިގެން، ރައްޔިތުންގެ ދަރުބާރުގައި ރައީސް އަމިއްލަފުޅަށް މި ސަރުކާރު ޖަވާބުދާރީ އެ ކުރައްވަނީ،" އަލީ އާރިފް ލިޔުއްވާފައިވެއެވެ.
އަލީ އާރިފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް ގެންދަވަނީ ސިލްސިލާ ގޮތެއްގައި ރާއްޖޭގެ އެކި ފަންތީގެ އަދި އެކި ގިންތީގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ސީދާ ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ. އަދި މަދު ބަޔަކު ތިބޭ ތަނެއްގައި ޖަވާބުދާރީވުމުގެ ބަދަލުގައި، ރައީސް އިސްކަންދެއްވަނީ ސީދާ ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ދަރުބާރުގައި ކަންކަން ސާފުކޮށްދެއްވުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ، ކުރިއަށް އޮތް މަޖިލިސް އިންތިޚާބާ ދިމާކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބާރު އިދިކޮޅަށް ދިނުމަށް އެމް.ޑީ.ޕީ އިން ވަކާލާތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ގުޅުން ހުރި ޙަބަރުތައް

ހުއިފިލަނޑާތަކުގެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު މަސްއޫލިއްޔަތުން އެކަހެރިކޮށްފި
3 ގަޑިއިރު ކުރިން

ވޯޓްލާން ނިކުންނަ ނިސްބަތް އިތުރުކޮށްދޭން މެޑަމް ސާޖިދާ ގޮވާލައްވައިފި
5 ގަޑިއިރު ކުރިން
ޕީއެންސީ މާފަންނު މެދު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވައިފި
5 ގަޑިއިރު ކުރިން

ރޯދަ ހަދިޔާގެ ގޮތުގައި ވައުޗަރދޭން ނިންމި ނިންމުން ފެނަކަ އިން ބާތިލްކޮށްފި
5 ގަޑިއިރު ކުރިން


