logo
އަގުސާ މިސްކިތް ހިމެނޭ ސަރަހައްދުގައި އިސްރާއީލް ސިފައިން ތަކެއް

އަގުސާ މިސްކިތް ހިމެނޭ ސަރަހައްދުގައި އިސްރާއީލް ސިފައިން ތަކެއް

މަސްޖިދުލް އަގުސާ ގައި ހުކުރު ނަމާދުކުރަން ޔަހޫދީން ހުރަސް އަޅައިފި

profile

ރިޟްވާން މޫސާ - 20 ފެބްރުއަރީ 2026 - 17:39

މަސްޖިދުލް އަގުސާ ގައި ހުކުރު ނަމާދުކުރަން ޔަހޫދީން ހުރަސް އަޅައިފި އެވެ

https://wamco.com.mv/

މަސްޖިދުލް އަޤްޞާ އަކީ ފަލަސްޠީނުގެ ބައިތުލް މަޤްދިސް ގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ އެވެ.

މުސްލިމުންގެ އެންމެ މާތް މައްސަރު ކަމުގައިވާ ރަމަޝާން މަހުގެ އެންމެ ފުރަތަމަ ވީ ހުކުރު ނަމާދު މިއަދު އެ މިސްކިތުގައި ކުރުމަށް މުސްލިމުން ޖަމާވުމުން ޔަހޫދީން ވަނީ އެކިއެކި ގޮތްގޮތުން މުސްލިމުންނަށް ހުރަސް އަޅާފަ އެވެ.

ޔަހޫދީން އިންސާފަކާއި ނުލައި ގަދަކަމުން ފޭރިގަނެފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ މުސްލިމުންގެ ތެރެއިން އަޤްޞާ މިސްކިތަށް ވަނުމުގެ ޖާގަ ދެނީ ފަހަރަކު 10،000 މީހުންނަށެވެ.

އަދި އޭގެތެރެއިން ހަމައެކަނި ފުރުޞަތު ދެވޭނީ، 12 އަހަރުގެ ދަށުގެ ކުޑަކުދިންނަށާއި، 55 އަހަރުން މަތީގެ ފިރިހެނުން އަދި 50 އަހަރުން މަތީގެ އަންހެނުންނަށް ކަމަށް ވެސް ބުނެފައިވެއެވެ.

މިއަދުގެ ހުކުރު ނަމާދަށް، އިޒްރޭލުގެ އަސްކަރިއްޔާއިން އަޤްޞާ މިސްކިތް ކައިރީގައި ޗެކްޕޮއިންޓުތައް ޖަހައިގެން، މިސްކިތުގެ ގޯތިތެރެއަށް ވަނުމުގެ ފުރުޞަތު ދީފައިވަނީ 2،000 އެއްހާ މުސްލިމުންނަށް ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުންޏެވެ.

ހުޅަނގު އައްސޭރީގައި ގާތްގަނޑަކަށް 3.3 މިލިއަން މުސްލިމުން ދިރިއުޅޭއިރު، މީގެ ކުރީ އަހަރުތަކުގައި ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ނަމާދަށް 250،000 މީހުން އަޤްޞާ މިސްކިތަށް ޖަމާވެއެވެ.

ބައިތުލް މަޤްދިސަށް ޔަހޫދީން އަތްގަދަ ކޮށްފައި ވަނީ 1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައިގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk