
މާފަންނުގެ ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ: ފޮޓޯ ރިލްވާން މޫސާ
މާފަންނު ހުޅަނގު ދާއިރާގެ ހަތަރު ގޮނޑި ޕީއެންސީއަށް ހަދިޔާކުރާނަން: މެންބަރު މުސްތޮފާ

ރިޟްވާން މޫސާ - 20 ފެބްރުއަރީ 2026 - 17:38
މާފަންނުގެ ހުޅަނގު ދާއިރާގެ ރައްޔިތުން ތިބީ ސަރުކާރާއި އެކުގައި ކަމަށާއި، ޕީއެންސީއަށް ހަތަރު ގޮނޑިއެއް ހަދިޔާ ކުރައްވާނެ ކަމަށް އެދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު މުސްތޮފާ އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޙާބުގައި މާފަންނު ހުޅަނގު ދާއިރާގެ ކެމްޕެއިންގައި ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އާއެކު ބަިއވެރިވެ ވަޑައިގަތުމަށްފަހު "އަސްލު ޓީވީ" އަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި މުސްތޮފާ ވިދާޅުވީ މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުން ތިބީ ސަރުކާރާއި އެކުގަިއ ކަމަށެވެ.
އިދިކޮޅު އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްވަމުން މުސްތޮފާ ވިދާޅުވީ މީގެ ކުރިން މި ދާއިރާ ނުދެކޭނެ ފަދަ އެތަކެއް ފަސޭހަތަކެއް އަދި ކުރިއެރުންތައް މި ސަރުކާރުން އެ ރައްޔިތުންނަށް ހޯއްދަވައިދެއްވާފައިވާ ކަމަށެވެ.
މުސްތޮފާ ވިދާޅުވީ މިހާތަނަށް ރައްޔިތުންގެ ފަރާތުން އެމްޑީޕީ އަށް ވެރިކަން ދީގެން އަދި ކައުންސިލް އާއި، މަޖިލިސް ދީގެން ވެސް ވީއެއްވެސް ކަމެއް ނެތް ކަމަށެވެ.
"މިހާތަނަށް އެމްޑީޕީ އަށް ކައުންސިލް ދީގެން، މަޖިލިސް ދީގެން ވެރިކަން ދީގެން ވީ އެއްވެސް ކަމެއް ނެތް. މިފަހަރު އަޅުގަނޑުމެންނާއެކު ރައްޔިތުން މިތިބީ ޕީއެންސީއާއެކު. މިދާއިރާވެސް އިރާދަކުރެއްވިއްޔާ ހަތަރު ގޮނޑިއަކީ ޕީއެންސީއަށް އަޅުގަނޑުމެން ރައީސުލް ޖުމްހޫރިއްޔާ އަށް ހަދިޔާ ކުރާނެ ގޮނޑިތަކެއް. " މުސްތޮފާ ވިދާޅުވި އެވެ.
މުސްތޮފާ ވިދާޅުވީ ގައުމުގެ ސަލާމަތާއި، ރައްކާތެރިކަމަށް އަދި ގައުމުގެ ހަމަޖެހުން ގާއިމުކުރުމަށް ހުރިހައި ރައްޔިތުންވެސް އެއް އަޒުމެއްގައި ސަރުކާރާއެކު ތިއްބެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްޖިދުލް އަގުސާ ގައި ހުކުރު ނަމާދުކުރަން ޔަހޫދީން ހުރަސް އަޅައިފި
6 ގަޑިއިރު ކުރިން

ކެނދިކުޅުދޫގެ ތަރައްގީ މެކުހަށް! ގިނަ ޕްރޮޖެކްޓުތަކެއްގެ މަސައްކަތް ފަށައިފި
6 ގަޑިއިރު ކުރިން

ޖުމްހޫރީ މައިދާން ވަގުތީގޮތުން ހުޅުވާލައިފި
6 ގަޑިއިރު ކުރިން

ސުލްހައިގެ ބޯޑަށް 10 ބިލިއަން ޑޮލަރު ހުށައަޅައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)