logo

ކެނދިކުޅުދޫގެ ތަރައްގީ މެކުހަށް! ގިނަ ޕްރޮޖެކްޓުތަކެއްގެ މަސައްކަތް ފަށައިފި

profile

ރިޟްވާން މޫސާ - 20 ފެބްރުއަރީ 2026 - 17:37

ނ.ކެނދިކުޅުދޫގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފަށައިގެން ކުރިއަށް އެބަ ގެންދެ އެވެ

https://wamco.com.mv/

ކެނދިކުޅުދޫގެ ތަރައްޤީއަށް ޢުމްރާނީ ގިނަ މަސައްކަތްތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ. އެރަށުގައި ކުރިއަށްގެންދާ މަސައްކަތްތަކަށް ބަލާލާއިރު އެންމެ ބޮޑު މަސައްކަތަކީ ރަށުގައި ތަރައްޤީކުރަމުންދާ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތެވެ

ހޮސްޕިޓަލްގެ އާ އިމާރާތަށް ބަލާލާއިރު އިމާރާތުގެ ސްޓްރަކްޗަރގެ މަސައްކަތް މިހާރު ވަނީ މުޅިންހެން ނިމިފައެވެ. އާ އިމާރާތާއެކު ސްޕެޝަލިސްޓް ޑޮކްޓަރުން އިތުރުކުރެވި، އާ ޚިދުމަތްތައް އެ ރަށަށް ތައާރަފުވެގެން ދާނެއެވެ.

ކެނދިކުޅުދޫ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެއް ކަމުގައި ވެފައިވާ އެރަށުގެ މަގުތަކުގެ އަޑިގުޑަންތައް ރަގަޅުކޮށް ޒަމާނީ ފެންވަރެއްގައި މަގުތައް ޑިޒައިންކޮށް ހެދުމުގެ މަސައްކަތްވެސް މިވަގުތު ދަނީ ކުރިއަށެވެ.

ރޯޑު ޑިވަލޮޕްމަންޓް ކޯޕަރޭޝަން އާރުޑީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގައި ރަށުގެ މައި ބޮޑު މަގު، 1.5 ކިލޯމީޓަރުގެ ސަރަހައްދު ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރެއެވެ. އަދި ރަށުގައި އާއްމުކޮށް ޚިދުމަތްތައް ހޯދުމަށް ބޭނުންކުރާ މައި މަގުތައްވެސް ތަރައްޤީކުރާނެއެވެ

މީގެ އިތުރުން ބަނދަރު ބޮޑުކޮށް، ޒަމާނީ ބަދަލުތައް ގެނައުމުގެ މަސައްކަތް އެމްޓީސީއާ ހަވާލުކޮށްގެން ދަނީ ކުރިއަށްގެންދަމުންނެވެ. މި މަސައްކަތުގެ %50އެއްހާ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. އަދި ރަށުގެ ދެ އަވަށުގައި އާ ދެ ޖެޓީ ތަރައްޤީކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ

ކެނދިކުޅުދޫގައި މިދިޔަ އަހަރު ވަނީ ޖޫނިއަރ ކޮލެޖެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ފަށާފަ އެވެ.

ކެނދިކުޅުދޫ އަކީ އާބާދީގައި ގާތްގަނޑަކަށް 2000 އެއްހައި މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk