
ސުލްހައިގެ ބޯޑަށް 10 ބިލިއަން ޑޮލަރު ހުށައަޅައިފި

ރިޟްވާން މޫސާ - 20 ފެބްރުއަރީ 2026 - 17:34
އެމެރިކާގެ ސުލްހައިގެ ބޯޑަސް 10 ބިލިއަން ޑޮލަރުގެ ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް ނިންމައިފި އެވެ
ޓްރަމްޕް އެކުލަވާލައްވާފައިވާ ޞުލްޙައިގެ ބޯޑާ ގުޅިފައިވާ ޤައުމުތަކުން އެ ބޯޑަށް 7 ބިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ބޯޑަށް އެމެރިކާއިން 10 ބިލިޔަން ޑޮލަރު ދޭނެ ކަމަށް ޓްރަމްޕް ވަނީ ނިންމާފަ އެވެ.
ޞުލްޙައިގެ ބޯޑުގެ ފުރަތަމަ ބައްދަލުވުން މިހާރު ބާއްވާފައިވާއިރު އެ ބައްދަލުވުމުގައި މުޤައްރިރެއްގެ ގޮތުގައި އިންނެވީ ޓްރަމްޕްއެވެ. ވޮޝިންޓަންގައި ބޭއްވި މި ބައްދަލުވުމުގައި 47 ޤައުމަކުން މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް އިސްވެ އުފައްދާފައިވާ ސުލްހައިގެ ބޯޑަކީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ހުރި ބޮޑެތި މައްސަލަތަކާއި ހަނގުރާމަތަކަށް ސުލްހަ ހޯދުމަށް އުފައްދަވާފައިވާ ބޯޑެކެވެ.
މި ބޯޑުގައި ބައިވެރި ވުމަށް އެމެރިކާއިން ވަނީ މީގެ ކުރިން 60 ގައުމަކަށްދައުވަތުވެސް ދީފަ އެވެ. ނަމަވެސް ބައެއް ގައުމުތަކުން މި ކަމަށް މަރުހަބާ ކިޔާފައެއް ނުވެ އެވެ.
ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި ފަލަސްތީނުގެ މައްސަލަ ހައްލުކުރަން ހުށައަޅާފައިވާއިރު މި ބައްދަލުވުމުގެ ބައިވެރިވެރިންނާ މުޚާތަބު ކުރައްވާ ޓްރަމްޕް ވާހަކަ ދައްކަވާއިރު، ޣައްޒާ އަލުން ބިނާކުރަން ޤާއިމުކުރާ ފަންޑަށް ބޯޑުގައި ބައިވެރިވި ޤައުމުތަކުން ފަސް ބިލިއަން އެމެރިކާ ޑޮލަރު ހޯދިފައިވާކަމަށް އިޢުލާނުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްޖިދުލް އަގުސާ ގައި ހުކުރު ނަމާދުކުރަން ޔަހޫދީން ހުރަސް އަޅައިފި
6 ގަޑިއިރު ކުރިން

މާފަންނު ހުޅަނގު ދާއިރާގެ ހަތަރު ގޮނޑި ޕީއެންސީއަށް ހަދިޔާކުރާނަން: މެންބަރު މުސްތޮފާ
6 ގަޑިއިރު ކުރިން

ކެނދިކުޅުދޫގެ ތަރައްގީ މެކުހަށް! ގިނަ ޕްރޮޖެކްޓުތަކެއްގެ މަސައްކަތް ފަށައިފި
6 ގަޑިއިރު ކުރިން

ޖުމްހޫރީ މައިދާން ވަގުތީގޮތުން ހުޅުވާލައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)