logo

ޖުމްހޫރީ މައިދާން ވަގުތީގޮތުން ހުޅުވާލައިފި

profile

ރިޟްވާން މޫސާ - 20 ފެބްރުއަރީ 2026 - 17:36

މަރާމާތަށް ބަންދުކޮށްފައި އޮތުމަށްފަހު ޖުމްހޫރީ މައިދާން މިއަދު ހުޅުވާލައިފި އެވެ

https://wamco.com.mv/

ޖުމްހޫރީ މައިދާން މިއަދު ހުޅުވާލާފައި ވަނީ ވަގުތީގޮތުންނެވެ. އަދިވެސް ޖުމްހޫރީ މައިދާނުގެ މަރާމާތުގެ ބައެއް މަސައްކަތްތައް އެއްކޮށް ނިންމާލެވިފައެއް ނުވެ އެވެ.

އާބާތުރަފިލުވާ ބައެއް ބަދަލުތައް ގެނައުމަށް ޖުމްހޫރީ މައިދާން ބަންދުކުރީ މިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. އެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރުޑީސީއާއި ހަވާލުކޮށްގެންނެވެ.

އަލަށް ޖުމްހޫރީ މައިދާން ހުޅުވާލާއިރު އެތަނުގައި މީގެ ކުރިން އިށީދެވޭ ގޮތަށް ހުރި ކޮންކްރީޓް ޝީޓުން ހަދާފައި ހުންނަ ގޮނޑިތައް ނަގައި އަލުން ލަކުޑިން ވަނީ ގޮނޑިތައް ހަދާފަ އެވެ.

ހިތްފަސޭހަ މައިޒާނެއްގެ ގޮތުގައިވެސް ބޭނުންކުރަމުން އަންނަ ޖުމްހޫރީ މައިދާން ސަރަޙައްދަކީ ރަސްމީ އެކި ހަރަކާތްތައް ހިންގުމާއި ހަވީރުގެ ވަގުތުގައި ކުޑަކުދިން ގޮވައިގެން އާއިލާތަކުންވެސް ޒިޔާރަތްކުރާ މުހިންމު ސަރަޙައްދެކެވެ. އަދި މިއީ ކޯއްޓޭގައި ހުންނަ ބޮޑު ދިދަޔާއެކު، މާލެއަށް އަންނަ ފަތުރުވެރިންގެ މެދުގައިވެސް އެންމެ މަޤުބޫލު އެއް ސަރަޙައްދެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk