logo

ހިޔާވަހި ފައިނޭންސިން ސްކީމަށް ކުރިމަތިލުމަށް ހުޅުވާލައިފި

profile

އައިމިނަތު ރޫޔާ - 08 ނޮވެމްބަރު 2024 - 16:48

ރައީސް ޑރ މުހައްމަދު މުއިއްޒު ހިޔާވަހި ފައިނޭންސިން ސްކީމް އިފްތިތާޙްކޮށްދެއްވަނީ-- ފޮޓޯ: ހައުސިން މިނިސްޓްރީ

ރައީސް ޑރ މުހައްމަދު މުއިއްޒު ހިޔާވަހި ފައިނޭންސިން ސްކީމް އިފްތިތާޙްކޮށްދެއްވަނީ-- ފޮޓޯ: ހައުސިން މިނިސްޓްރީ

ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ހުޅުވާލި ހިޔާވަހި ފައިނޭންސިން ސްކީމަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީއިން ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓަރީ އިން ބުނީ ހިޔާވަހި ފައިނޭންސިން ސްކީމަކީ އާންމު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް އިސްލާމީ އުސޫލުގެ ތެރެއިން ދޫކުރެވޭ ފެސިލިޓީއެއް ކަމަށެވެ.

ހައުސިން މިނިސްޓްރީއިން ވަނީ "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށް ހިޔާވަހި ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފައެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހައުސިންގް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން - އެޗްޑީއެފްސީ، ބޭންކް އޮފް މޯލްޑިވްސް - ބީއެމްއެލް އަދި މޯލްޑިވްސް އިސްލާމިކް ބޭންކް - އެމްއައިބީ މެދުވެރިކޮށެވެ. އެގޮތުން 3 ލޯން ސްކީމެއް ވަނީ ތަޢާރަފް ކޮށްފައެވެ.

ފުރަތަމަ ލޯން ސްކީމަކީ ރަށްވެހި ހިޔާވަހި ސްކީމެވެ. އެއީ 25 އަހަރަށް ބަހާލައިގެން އަދާކުރެވޭނެ 1 މިލިއަން ރުފިޔާގެ އިކުއިޓީ ބަހައްޓަން ނުޖެހޭ ލޯން ސްކީމެވެ.

ދެވަނަ ސްކީމަކީ ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅައި ރަށްރަށް ނުވަތަ ސަހަރު ލޯން ސްކީމެވެ. މި ސްކީމަށް 3 މިލިއަން ރުފިޔާއާއި ހަމައަށް ލޯނު ދޫކުރާނެއެވެ.

ތިންވަނަ ސްކީމް ހާއްސަކޮށްފައިވަނީ ފުރަމާލެއަށް 6 މިލިއަން ރުފިޔާއާއި ހަމައަށް ލޯން ދޫކުރާ ގޮތަށެވެ.މި ސްކީމްއަކީ ގެދޮރު ނުހެދިފައިވާ ހުރިހާ ފަރާތްތަކަށާއި، ހަދަން ފަށައި ނުނިމިހުރި ޢިމާރާތްތައް ނިންމުމުގެ އިތުރުން މާލޭގައި ހިމެނޭ ކުދި ބިންތައް އެއްކޮށްލައިގެން ޢިމާރަތްކުރުމުގެ ފުރުޞަތު ފަހިވާގޮތަށް ހާއްސަކޮށްފައިވާ ސްކީމެކެވެ.

އަތޮޅުތަކގެ ރަށްރަށަށް ހާއްސަ ގެދޮރު އިމާރާތްކުރުމުގެ ލޯނު ނުވަތަ ރަށްވެހި ހިޔާވަހި ސްކީމަށް ލޯނު ދޫކުރާނީ ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށެވެ. އާބަން ސެންޓަރުތައް އަދި ފުރަމާލެއަށް ޚާއްޞަކޮށް ކުރިއަށްގެންދާ ލޯނު ސްކީމްތައް ކުރިއަށްގެންދާނީ ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށެވެ.

ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައުލު ހޯދުމަށް 5 އިންސައްތައަށްވުރެ ބޮޑު ނޫން ލޯނު ދޫކުރުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ލޯން ދޫކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުން ފެށިގެންނެވެ.

https://wamco.com.mv/
tel:+9607331319