
ރައީސް ޑރ މުހައްމަދު މުއިއްޒު ޖުމްހުރީ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލަން، ފެންނަ ނުފެންނަ ވޯޓަކަށް އަހަނީ

އައިމިނަތު ރޫޔާ - 11 ނޮވެމްބަރު 2024 - 06:16
ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ނުގޮސް އެއް ބުރުން ވެރިޔަކު ހޮވާގޮތަށް ބަދަލުކުރުމަށް ފެނިވަޑައިގަންނަވާތީ ރައްޔިތުންގެ ކިބައިން ފެންނަ ނުފެންނަ ވޯޓަކަށް އަހާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދަރުބާރުގޭގައި ރޭ އޮތް ޖުމުހުރީ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެއް ބުރުން ވެރިޔަކު ކަނޑައަޅައި ނިމޭގޮތަށް ދިރާސާކުރަމުން އަންނަ ކަމަށާއި އެއީ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމުގައި ވަނީ ނަމަ ދެން އަންނަ ރިޔާސީ އިންތިޙާބުން ފެށިގެން އެކަން އެގޮތަށް ބަދަލުކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ދެ ބުރު ނޯންނަ ގޮތަށް އެއްބުރުން ވެރިޔަކު ހޮވާގޮތަށް ބަދަލުކުރުމުން ހަރަދުތައް ވެސް ކުޑަވެގެންދާނެ ކަމަށެވެ. އެކަމަށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ފެންނަ ނުފެންނަ ކަމުގެ ވޯޓަކަށް އަހާނެކަމަށް ރައީސް ވަނީ އިއުލާނު ކުރައްވާފައެވެ.
ރައީސް ވިދާޅުވީ އެންމެ އެދެވޭ ގޮތަކީ، ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކީގައި ބޭއްވުން ކަމަށެވެ. ދެ އިންތިޚާބާއި ދޭތެރޭގައި އޮންނަ ހަތަރު ވަރަކަށް މަސް ދުވަސް ތެރޭ އެތަކެއް ހަރަދެއް ހިނގާކަމަށް ރައީސް ވިދާޅުވިއެވެ.
"އިލެކްޝަންސް ކޮމިޝަނުން އެތައް ސަތޭކަ މިލިއަނެއް ޚަރަދުކުރަން އެބަ ޖެހޭ. އޭގެ ބަދަލުގައި ރިޔާސީ އިންތިޚާބާއި އެކުގައި މަޖިލިސް އިންތިޚާބު ބޭއްވުމަކީ އަޅުގަނޑު ދެކޭގޮތް." ރައީސް
އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ބޭނުންވާނަމަ ދެން އަންނަ ރިޔާސީ އިންތިޚާބަކާއެކީގައި ރައްޔިތުންގެ މަޖިލީސް އިންތހާބު ވެސް ބާއްވާނެ ކަމަށާއި،އެގޮތަށް ބަދަލުކުރުމުށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ފެންނަ ނުފެންނަ ކަމުގެ ވޯޓަކަށް އަހާނެކަމަށެވެ.
ހަމައެއާއެކު ދައުރު ނިމޭ ދުވަހަކީ 11 ނޮވެމްބަރު އަށް ބަދަލުކުރުމަށް ވެސް ރައްޔިތުންގެ ކިބައިން ފެންނަ ނުފެންނަކަމުގެ ވޯޓަކަށް އަހާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ލޯކަލް ކައުންސިލް ނިޒާމް ވަރުގަދަކުރުމަށްޓަކައި މިހާރަށްވުރެ ތަންކޮޅެއް މީހުން މަދުކޮށްލުމަށް ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް މަސައްކަތް ކުރާ ކަމަށާއި އެކަމުގެ ފަންނީ މަޝްވަރާތަކެއްވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން